ދިވެހިރާއްޖެ
ޑިވްލޮޕްމަންޓް އޮފް ވޯޓަރ، ސްވަރޭޖް، އެންޑް ވޭސްޓް ސްޕެޝަލް ޕްރޮޖެކްޓްސް މޯލްޑިވްސް
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ޕްރޮޖެކްޓް މެނޭޖަރ (ޕީ.އެމް)
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ކުރިއަށްގެންދާ 'ޑިވްލޮޕްމަންޓް އޮފް ވޯޓަރ، ސްވަރޭޖް، އެންޑް ވޭސްޓް ސްޕެޝަލް ޕްރޮޖެކްޓްސް މޯލްޑިވްސް' މަޝްރޫޢުތައް ކޯޑިނޭޓްކޮށް މެނޭޖްކުރާނެ ޕްރޮޖެކްޓް މެނޭޖަރެއް ހޯދުމަށް ބޭނުންވެއެވެ.
ޕްރޮޖެކްޓް މެނޭޖަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފެނާއި ނަރުދަމާ އަދި ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްތަކުގެ އެކިއެކި މަސައްކަތްތައް ޕްރޮޖެކްޓް ޑޮކިއުމަންޓް އަދި އިރުޝާދުނާމާ އާއި އެއްގޮތްވާގޮތުގެ މަތިން ރާވާ، މެނޭޖްކުރުމާއި އަދި މަސައްކަތްތައް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް ނިއްމުން ހިމެނެއެވެ. އަދި މީގެ އިތުރުން ޕްރޮޖެކްޓް ޓީމް މެމްބަރުންގެ މަސައްކަތް މޮނިޓާރ ކޮށް އިވެލުއޭޓްކޮށް ޕްރޮޖެކްޓްގެ މައިލް ސްޓޯން ތައް ކަޑައެޅިފައިވާ ތާރީޙަށް ނިއްމުމާއި ޕާރފޯމަންސް އެޕްރައިސަލް ހަދައި ފީޑްބެކް ދިނުން ހިމެނެއެވެ.
ޕްރޮޖެކްޓް މެނޭޖަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:
ހ) ޕްރޮޖެކްޓް މެނޭޖްމަންޓް، އިންޖިނިއަރިންގ، އެންވަޔަރަންމަންޓަލް ސައިންސް، އެންވަޔަރަންމަންޓަލް މެނޭޖްމަންޓް، ވޯޓަރ ރިސޯސަސް، ބިޒްނަސް މެނޭޖްމަންޓް، ފައިނޭންޝަލް މެނޭޖްމަންޓް، ސަސްޓެއިނަބަލް ޑިވޮލޮޕްމަންޓް، ވޭސްޓް މެނޭޖްމަންޓް ނުވަތަ ގުޅޭ ދާއިރާއަކުން މާސްޓާރސް ޑިގްރީ އެއް ހާސިލް ކޮށްފައިވުން
ށ) އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ގެ ދާއިރާއިން 5 އަހަރާއި 7 އަހަރު ދުވަހުގެ އަމަލީ ތަޖްރިބާ ލިބިފައިވުން
ނ) ދިވެހި ދައުލަތުން ފަންޑުކޮށްގެން ހިންގާ ޕްރޮޖެކްތަކާއި ގުޅޭ ޓެކްނިކަލް އަދި ލީގަލް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ރ) އިގިރޭސި ބަހާއި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތްކުރަން އެގުން
ބ) މައިކްރޯސޮފްޓް އޮފީސް ބޭނުން ކުރަން އެގުމާއި މަޝްރޫއު ހިންގުމުގައި ބޭނުންކުރާ އެހެނިހެން ސޮފްޓްވެއާރތައް ބޭނުންކުރަން އެނގޭ ފަރާތަކަށް ވުން
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ވަރުގަދަ ލީޑަރޝިޕެއް ދެއްކުމާއި، މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މެނޭޖްކުރުމުގެ ޤާބިލްކަން ލިބިފައިވުން؛
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
- މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހިނެހިން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
އުޖޫރަ
މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބިނާކޮށް 27،800 ރުފިޔާ އާއި 32،000 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ދެވޭނެއެވެ.
މަސައްކަތުގެ މުއްދަތު
މި މަސައްކަތުގެ މުއްދަތަކީ 12 މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ. މިމަސައްކަތައް ހޮވޭފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 2026 ގައެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރޭޝަން އޮފް އިންޓަރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ އެކްރިޑެޓްކުރެވިފައިވާ ކޮޕީ
- ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާމްޕަލް ނުވަތަ ޕޯޓްފޯލިއޯ
މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މަޢުހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]އީމެއިލް ކުރެއްވުން އެދެމެވެ.
ޝަޢުޤުވެރިވާ ފަރާތްތަކުން 11 ޖަނަވަރީ 2026 ވަނަދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ހިއުމަން ރިސޯސް ޑިވިޜަން،
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ވެލާނާގެ 5ވަނަ ފަންގިފިލާ، 20096، އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ.
