ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ދިވެހިރާއްޖޭގެ އުތުރުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފި (ހދ. ކުޅުދުއްފުށި) މަޤާމުތަކަށް މީހުން ހޯދުމަށް ކުރެވުނު ނަންބަރު:  (IUL)197-A1/2015/25 (01 ޖޫން 2015) އިޢުލާން ބާޠިލުކޮށް އަލުން މި މަޤާމުތަކަށް މީހުން ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު

ރަޖިސްޓްރަރ

ރޭންކް: އެސް.ޕީ 3

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

އުތުރުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ހދ.ކުޅުދުއްފުށި، ދިވެހިރާއްޖެ

އަސާސީ މުސާރަ

-/14,400 ރުފިޔާ

އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %60

- ސަރވިސް އެލަވަންސް: -/3,000 ރުފިޔާ

- ލިވިންގ އެލަވަންސް: -/2,850 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1-  ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ  ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކަނޑައެޅިފިފައިވާ ޝަރުޠު ފުރިހަމަވާ މީހެއްކަމުގައިވުމާއި، މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1- އުތުރުގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން.

2- އުތުރުގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ހައިކޯޓުގެ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުން. މިގޮތުން ބަލާބެލުމުން، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ އެ ގަވާއިދާ ޚިލާފަށް ހުށަހެޅިފައިވާ މައްސަލައެއްނަމަ، އެމައްސަލައެއް ނުވަތަ ލިޔުމެއް އެ ގަވާއިދާ އެއްގޮތަށް އިޞްލާޙުކުރުމަށް އެންގުމުގެ ނުވަތަ އެ މައްސަލައެއް ނުވަތަ އެ ލިޔުމެއް ބަލައިނުގަތުމުގެ ނުވަތަ އެ މައްސަލައެއް ނުވަތަ އެ ލިޔުމެއް ބަލައިނުގަތުމުގެ އިޚްތިޔާރު ރަޖިސްޓްރަރ އަށް ލިބިގެންވެއެވެ.

3- ބަލައިނުގަނެވޭ ބާވަތުގެ މައްސަލަތަކުގައި ސަބަބު ބަޔާންކޮށް ލިޔުމުން ޖަވާބުދީ، އެ ޖަވާބު ދެވުނު ސަބަބު، މައްސަލަ ހުށަހެޅި ފަރާތަށް އިތުރަށް ސާފުކޮށްދިނުން.

4- ރަޖިސްޓްރޭޝަން ފީ ދެއްކުމަށް ލިޔުމުން އެންގުން.

5- އުތުރު ހައިކޯޓުގެ ފުރަތަމަ މަރުހަލާގެ ރަޖިސްޓަރީއާއި މައްސަލަތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.

6- އުތުރުގެ ހައިކޯޓުގެ ކަލަންޑަރ ތައްޔާރުކުރުމާއި ޝާޢިޢުކުރުން.

7- ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ދެޚަޞްމުން ކުރެ ޚަޞްމެއްގެ އެދުމުގެ މަތިން، އެފަރާތުގެ ވަކީލު ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.

8- މަދަނީ މައްސަލަތަކުގައި ހިމެނޭ ފަރާތެއްގެ ބަދަލުގައި އަންނަ ފަރާތެއް ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.

9- ހައިކޯޓަށް ހުށަހެޅި ސެކްޝަންތަކަށް ފޮނުވިފައިނުވާ މައްސަލައަކާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް މުޢާމަލާތްކުރުން.

10- އުތުރުގެ ހައިކޯޓުގެ ގަވާއިދުން ކަނޑައަޅާ އުސޫލަކުން ދިވެހި ކޮންމެ ފަރުދަކަށްވެސް ހައިކޯޓުގެ ޚިދުމަތް ހަމަހަމަކަމާއެކު ބޭނުންކުރެވޭނެ ގޮތްތައް ޒަމާނީ ވަޞީލަތްތަކުގެ ބޭނުންކޮށްގެން ހަމަޖައްސައިދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

11- ސެކްޝަނުގެ އެންޓްރީ ބަލައިގަތުމާއި، ފިޔަވަޅު އެޅުން. މިގޮތުން ސެކްޝަނަށް ލިބޭ ލިޔުންތަކާއި، ޖަވާބުދެވުނު ލިޔުންތަކާއި، ޖަވާބުނުދެވި ހުރި ލިޔުންތަކުގެ މަޢުލޫމާތު ހިމެނޭގޮތުން ޝީޓެއް ތައްޔާރުކޮށް އިސްފަނޑިޔާރަށް ހުށަހެޅުން.

12- ސެކްޝަނުން ކުރީ ދުވަހު ކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް ޔައުމިއްޔާ ލިޔުން.

13- ފައިލިންގ ސިސްޓަމާޢި، ސެކްޝަނުގެ މަސައްކަތްތަކުގެ ރިކޯޑު ބެލެހެއްޓުން.

14- މައްސަލަތަކާއި ގުޅިގެން ހައިކޯޓަށް ހުށަހަޅާ ރެޖިސްޓްރޭޝަނުން ޖަވާބުދޭންޖެހޭ ސިޓީތަކަށް، އިސްފަނޑިޔާރުގެ އިރުޝާދުގެ ދަށުން ޖަވާބު ތައްޔާރުކުރުން.

15- ސެކްޝަނުގެ މަސައްކަތާ ގުޅިގެން ސެކްޝަންތަކުން ގެންނަ ލިޔުންތަކުގައި ސޮއިކުރުން.

16- ވަކީލުންގެ ދަފްތަރެއް ހަދައި، ހައިކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ތައްޔާރުކުރުމާއި، އެ ދަފްތަރު ބެލެހެއްޓުން.

17- ރަޖިސްޓްރޭޝަންގެ ދަށުގައިވާ ސެކްޝަންތަކުގެ މަސައްކަތްތަކާ ގުޅިގެން އިރުޝާދުދީ އެހީތެރިވުން.

18- އުތުރުގެ ހައިކޯޓުގެ ނިންމުންތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.

19- އުތުރުގެ ހައިކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން މައްސަލަތަކުގެ އިބްތިދާޢީ ބައްދަލުވުން ބޭއްވުން.

20- އިސްވެ ބަޔާންވި، ރެޖިސްޓްރޭޝަންގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމު

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް: އެލް.އެސް 2

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

އުތުރުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ހދ.ކުޅުދުއްފުށި، ދިވެހިރާއްޖެ

އަސާސީ މުސާރަ

-/9412 ރުފިޔާ

އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %60

- ސަރވިސް އެލަވަންސް: -/3,000 ރުފިޔާ

- ލިވިންގ އެލަވަންސް: -/2,850 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތު ކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލު ކޮށްފައި ވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތަކުގައި ބޭނުންވާ ޤާނޫނީ އަދި ޝަރުޢީ ލަފާ ދިނުން.

2- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މީޑިއާ އެންޑް ޕަބްލިކޭޝަންސް ސެކްޝަނުން ތައްޔާރު ކޮށް، ހިންގާ ހޭލުންތެރި ކުރުމުގެ އެކިއެކި ހަރަކާތްތަކާއި ޕްރޮގްރާމްތަކުގައި ޤާނޫނީ މަޢުލޫމާތު ހިއްސާ ކުރުމުގެ މަސައްކަތް ކުރުން.

3- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކިއެކި ފަރާތްތަކާ އެކު ވާ އެއްބަސްވުންތައް ތައްޔާރު ކުރުމާއި، ޗެކް ކުރުމާއި، ޑިޕާޓްމަންޓުގެ ލީގަލް އެފެއަރޒް ޑިވިޜަނުގެ ފަރާތުން އެ އެއްބަސްވުންތަކުގެ ޑިޕޮޒިޓަރީ ބެލެހެއްޓުން.

4- ޝަރުޢީދާއިރާގެ ފަރާތުން މީޑިއާއަށް ދޭންޖެހޭ މަޢުލޫމާތު ދިނުމާއި، ނޫސް ބަޔާންތަކާއި ރިޕޯޓްތައް ތައްޔާރުކުރުމާއި، ރޭޑިޔޯއާއި، ޓީވީ ޕްރޮގްރާމްތައް ހުށަހަޅައިދިނުމުގެ ޤާބިލުކަން ހުރުން.

5- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޚަސްމެއްގެ ގޮތުގައި ހިމެނޭ އެއްވެސް މައްސަލައެއް ދިވެހިރާއްޖޭގެ ޝަރްޢީ ކޯޓަކަށް ނުވަތަ ދިވެހިރާއްޖޭގެ ޓްރައިބިއުނަލަކަށް ހުށަހެޅި، އެފަދަ މައްސަލައެއް ކުރިޔަށް ދާއިރު، އެ މައްސަލައިގައި ޑިޕާޓްމަންޓް ތަމްސީލު ކޮށް، ޑިޕާޓްމަންޓުގެ ވަކީލެއްގެ ގޮތުން އަދާ ކުރަން ޖެހޭ އެންމެހައި ޒިންމާތައް އަދާ ކުރުން.

6- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން އަތޮޅުތަކުގައި ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ކިޔަވައިދިނުމުގެ ޤާބިލުކަންހުރި ފަރާތެއް ކަމުގައިވުން.

މަޤާމު

ކޯޓް މާސްޓަރ

ރޭންކް: ޖީ.އެސް 4

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

އުތުރުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ހދ.ކުޅުދުއްފުށި، ދިވެހިރާއްޖެ

އަސާސީ މުސާރަ

-/5020 ރުފިޔާ

އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %45

- ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

- ލިވިންގ އެލަވަންސް: -/2,850 ރުފިޔާ

- ރިސްކް އެލަވަންސް: -/3,000 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސަރުކާރުގެ ލޯއެންފޯސްމަންޓް ދާއިރާއެއްގައި GS3 ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ،

2- މަޤާމަށް ބޭނުންވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

3- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު GS3 ރޭންކުގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުޠު

  • ދިވެހިބަހާއި އިނގިރޭސި ބަހުން ރީތިކޮށް މުޢާމަލާތް ކުރަން އެނގުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތު ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުމާއެކު އަދި އެހެނިހެން ކުށެއްގައި ޙުކުމެއް ކޮށްފައިވާނަމަ އެ ޙުކުމް ތަންފީޛު ކުރިތާ 7 އަހަރު ވެފައިވުން.
  • އުމުރުން 18 އަހަރު ފުރި 45 އަހަރު ނުފުރޭ މީހެއްކަމުގައިވުން
  • ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން
  • މާލެ އާއި ރާއްޖޭގެ ރަށްރަށުގައި ގާއިމްކޮށްފައިހުންނަ ކޯޓު ތަކުގައި ޓާމް ޑިއުޓީ ކުރެވޭނެ މީހެއްކަމުގައިވުން
  • އިސްކޮޅުގައި، ފިރިހެނެއްނަމަ 5 ފޫޓް 3 އިންޗި ހުރުން، އަދި އަންހެނެއްނަމަ 5 ފޫޓް ހުރުން

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1- ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން.

2- ކޯޓުރޫމްގެ ސެކިއުރިޓީ އާއި އިންތިޒާމްތައް ބެލެހެއްޓުން.

3- ކޯޓުން ކަނޑައަޅާ ސެކިއުރިޓީއާގުޅޭ އެހެނިހެން މަސައްކަތްތައް ކުރުން.

ކޯޓު މާސްޓަރގެ މަޤާމާގުޅޭ އިތުރު މަޢުލޫމާތު

1- މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތު ކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

2- ޕަބްލިކް އޯޑަރ ޓްރޭނިންގ، ޕްރައިމަރީ ރެސްޕޮންސް ޓީމް ޓްރޭނިންގ ނުވަތަ ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގ ފަދަ ޓްރޭނިންގ ހަދާފައިވާ ފަރާތްތައް،  ފިޔަވާ އެހެން ފަރާތްތައް ވަޒީފާއަށް ހޮވުމުގެ ކުރިން، މިޑިޕާޓްމަންޓުންދޭ ފިޒިކަލް ފިޓްނަސް ބެލުމުގެ ޓެސްޓަކުން ފާސްވާންޖެހޭނެއެވެ.

މަޤާމު

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް 3

ޢަދަދު

3

މަސައްކަތްކުރަންޖެހޭ ތަން

އުތުރުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ހދ.ކުޅުދުއްފުށި، ދިވެހިރާއްޖެ

އަސާސީ މުސާރަ

-/4465 ރުފިޔާ

އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %45

- ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

- ލިވިންގ އެލަވަންސް: -/2,850 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ’ޑީ’ ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ’ދިވެހި’ މިމާއްދާއިން ދަށްވެގެން ’ސީ’ ލިބިފައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު،GS 2  ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1- މުވައްޒަފުންނާ ގުޅޭ މަސައްކަތްތައް ކުރުން.

2- ކޯޓުން އެއްކުރަންޖެހޭ އެންމެހައި ތަފާސްހިސާބުތައް އެއްކޮށް، ފޯމެޓަށް އެޅުން.

3- ކައުންޓަރުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

4- ކޯޓަށް އަންނަ ލިޔެކިޔުންތައް އެންޓްރީކޮށް ސެކްޝަންތަކާއި ހަމަޔަށް ފޯރުކޮށްދިނުން.

5- ރެކޯޑްތައް ބެލެހެއްޓުން.

6- ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

7- ކޯޓުގެ ފަނޑިޔާރުން ކުރައްވާ ދަތުރުފުޅުތަކާއި ބައިވެރިވަޑައިގަންނަވާ މުނާސަބަތުތަކާ ގުޅިގެން ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.

8- ކޯޓުގެ މުވައްޒަފުންގެ ތެރެއިން ޗުއްޓީ އަދި ސަލާމުގައި ތިބޭ މުވައްޒަފުންގެ މަޢުލޫމާތާއި، ކޯޓުގެ މުވައްޒަފުންގެ ޕަރފޯމަންސް ބެލެހެއްޓުން.

މަޤާމު

ކޯޓް އޮފިސަރ

ރޭންކް: ޖީ.އެސް 3

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

އުތުރުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ހދ.ކުޅުދުއްފުށި، ދިވެހިރާއްޖެ

އަސާސީ މުސާރަ

-/4465 ރުފިޔާ

އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %45

- ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

- ލިވިންގ އެލަވަންސް: -/2,850 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ’ޑީ’ ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ’ދިވެހި’ މިމާއްދާއިން ދަށްވެގެން ’ސީ’ ލިބިފައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު،GS 2  ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1- ކޯޓަށް ބޭނުންވާ ސަލާމަތީ އެންމެހާ ކަންތައްތައް ބަލަހައްޓާ ފަރާތްތަކަށް ދުވަހުން ދުވަހަށް ޝަރީޢަތްތަކާބެހޭ މަޢުލޫމާތު އެރުވުން އަދި އިތުރަށް ބޭނުންވާނެ ސަލާމަތީ ކަންތައްތަކަކީ ކޮބައިކަން އެފަރާތްތަކަށް އެންގުން.

2- ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުން.

3- މައްސަލައިގެ ގަޑިޖެހުމުގެ ކުރިން އެދުވަހުގެ މައްސަލަ ހިންގުމަށް ބޭނުންވާނޭ ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިފައިވޭތޯ ބެލުން.

4- މައްސަލަތަކާއި ގުޅިގެން ހާޒިރުކުރަންޖެހޭ މީހުންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

5- ޝަރީޢަތް ހިންގުމަށްޓަކައި ހާޒިރުކުރަންޖެހޭ މީހުން ޝަރީޢަތުގެ މަޖިލީހަށް ވެއްދުމާއި ޝަރީޢަތް ހިންގުމަށް ބޭނުންވާ ހުރިހާ ލިޔުންތައް ހަމަޔަށް ވެއްދުން.

6- ޝަރީޢަތުގެ މަޖިލިސް ހިނގަމުންދާ ވަގުތު ތަކުގައާއި އެނޫން ވަގުތު ތަކުގައި މައްސަލަތަކާ ގުޅިގެން ފަނޑިޔާރުން ހަވާލުކުރާ މަސައްކަތްތައް ކުރުން.

7- ކޯޓުގައި ބޭއްވޭ ޝަރީޢަތްތަކުގެ ބަޔާންތައް ޓައިޕްކޮށް، މައްސަލައިގައި ހިމެނޭ ފަރާތްތައް ލައްވައި އެބަޔާންތަކުގައި ސޮއިކުރުވުން.

8- މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ރައްދުކުރަންޖެހޭ އަމުރުތައް ޑްރާފްޓް ކުރުމާއި، އެދަފަ އަމުރުތައް ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.

9- ކޯޓަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ދަޢުވާ ލިބޭ ފަރާތްތަކަށް ޖަވާބު ފޯމު ފޮނުވުމާއި މައްސަލައާގުޅޭ ލިޔުންތައް ބެލެހެއްޓުން.

10- ކޯޓު ހުޅުވާ ލެއްޕުމާއި، ޑިއުޓީ ޓޭބަލްގައިވާ ގޮތަށް ޑިއުޓީގައި ހުރުން.

11- މައްސަލައިގެ ގަޑިޖެހުމުގެ ކުރިން އެދުވަހުގެ މައްސަލަ ހިންގުމަށް ބޭނުންވާނޭ ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިފައިވޭތޯ ބެލުން.

12- ސެކްޝަނަށް އަންނަ ލިޔުންތަކާއި ސެކްޝަނުން ފޮނުވާ ލިޔުންތަކުގެ ފައިލް ތައްޔާރުކޮށް ބެލެހެއްޓުން.

މަޤާމު

އޮފީސް އެސިސްޓެންޓް

ރޭންކް: އެސް.އެސް 2

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

އުތުރުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ހދ.ކުޅުދުއްފުށި، ދިވެހިރާއްޖެ

އަސާސީ މުސާރަ

-/3470  ރުފިޔާ

އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %45

- ސަރވިސް އެލަވަންސް: -/1,000 ރުފިޔާ

- ލިވިންގ އެލަވަންސް: -/2,850 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- ލިޔަންކިޔަން ދަތުމާއިއެކު، ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު،SS 1  ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1- ކޯޓު ހުޅުވާ ލެއްޕުމުގެ ތާވަލުގައިވާ ގޮތުގެ މަތިން ހުޅުވައިދިނުމާއި، ކޯޓު ބަންދުކުރަންޖެހޭ ގަޑިއަށް ކޯޓު ބަންދުކުރުން.

2- ކޯޓުގެ އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި ލިޔުމާއި، އެކިއެކި ތަކެތި އެތަންތަނަށް ގެންގޮސް ރައްދުކޮށްދިނުން.

3- ކޯޓުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ޗިޓުތައް އަމާނާތްތެރިކަމާއެކު ރައްދުކުރަންޖެހޭ ތާރީޚުގައި ރައްދުކުރަންޖެހޭ ގަޑިއަށް ރައްދުކޮށްދިނުން.

4- ކޯޓުގެ ބޭނުމަށް ކޯޓަށް ގެންނަންޖެހޭ ތަކެތި ގެނެސް ދިނުމާއި ގެންދަންޖެހޭ ތަކެތި ގެންގޮސް ދިނުމާއި ސްޓޮކަށް ހޯދޭ ތަކެތި ސޮޓޮކްގައި ރީތިކޮށް އަތުރައި ދިނުމާއި، އޮފީހުގެ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ހާލަތްތަކުގައި އެތަކެތި ރައްކާތެރިކަމާއެކު ގެންގޮސްދިނުން.

5- ކޯޓުން ނިންމަވާ މައްސަލަތަކާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަނަށް ޙަވާލުކުރަންޖެހޭ މީހުން ރައްކާތެރިކަމާއެކު ޙަވާލުކޮށްދިނުން.

6- ކޯޓުގެ ވެހިކަލްތައް ސާފުކޮށް ރަނގަޅަށް ބެލެހެއްޓުން.

އޮފީސް އެސިސްޓެންޓް މަޤާމާގުޅޭ އިތުރު މަޢުލޫމާތު

  • މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން B1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މަޤާމު

ހައުސްކީޕަރ

ރޭންކް: އެސް.އެސް 1

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

އުތުރުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ހދ.ކުޅުދުއްފުށި، ދިވެހިރާއްޖެ

އަސާސީ މުސާރަ

-/3,100 ރުފިޔާ

އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %45

- ސަރވިސް އެލަވަންސް: -/1,000 ރުފިޔާ

- ލިވިންގ އެލަވަންސް: -/2,850 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1- އޮފީހުގެ އެތެރެއާއި ބޭރު ކުނިކަހާ ސާފުކުރުން

2- ފާޚާނާތައް ސާފުކުރުން

3- މުޅިއިމާރާތުގެ އެތެރޭގެ ހުރިހާ ކާޕެޓްތައް ސާފުކުރުން އަދި މުށިޖަހާފައިވާ ސަރަހައްދުގައި މޮޕް އަޅާ ދޮވެ ސާފުކުރުން.

4- ކޯޓުގެ ފަރާތުން ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ސައި ތައްޔާރުކުރުން.

5- ސައި ކޮޓަރީގައި ހިފާގެންގުޅޭ ހުރިހާ ތަކެއްޗެއް ސާފުތާހިރުކޮށް ބެލެހެއްޓުން. މިނޫނަސް އޮފީހުގެ މޭޒުތައްމަތީ ގެންގުޅޭ ތަށި ފަދަ ތަކެތި ދުވަހުން ދުވަހަށް ދޮވެ ސާފުކުރުން.

6- އޮފީހުގެ ވެރިންގެ ކޮޓަރިކޮޅަށް ބޯފެން ގެންގޮސް ދިނުން.

7- ސައިތައްޔާރު ކުރުމަށް ބޭނުންވާ ތަކެއްޗާއި، މިނޫނަސް އޮފީހުން ޚަރަދުކޮށް ގަންނަންޖެހޭ ތަކެތި ގަނެދިނުމުގައި އެހީތެރިވުން.

8- އޮފީހުން އަންގާ ގޮތެއްގެ މަތީން ނުރަސްމީ ގަޑީގައި އޮފީސް ބެލެހެއްޓުމަށްޓަކައި ޑިއުޓީ އަށް ހާޒިރުވުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމު

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

03 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުންނާއި، މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ. (ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް އަދި ޑިޕާޓްމަންޓަށް ވަޒީފާ އަށް އެދޭ  ފޯމު  ހުށަހަޅުއްވާ  ފަރާތްތަކުން  ހުށަހަޅުއްވާނީ  ޑިޕާޓްމަންޓް  އޮފް  ޖުޑީޝަލް  އެޑްމިނިސްޓްރޭޝަންގެ  ވަޒީފާއަށް އެދޭ ފޯމެވެ.)
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
  • އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާއެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ. މި މަޤާމަށް ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށް އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ ދުވަސް ފަހުން އަންގާނެ ކަމުގައި ދަންނަވަމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • މިވަޒީފާތަކަށް ކުރިމަތިލާ ފަރާތުގެ ލިޔުންތަކުން ލިބޭ މަޢުލޫމާތުގެ އިތުރުން އިންޓަވިއުގައި، ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތާއި ހުނަރު ހުރިކަން ސާބިތުކޮއްދެވޭ މިންވަރެއްގެ މައްޗައް އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަން ސާބިތުކޮށްދެވޭ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ފެންނަ ފަރާތްތަކަށް އިސްކަންދެވޭނެ އެވެ.

 

19 ނޮވެންބަރު 2015
ހޯދާ