ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ (ގްރޭޑް 1)

މަޤާމް:               އެސިސްޓަންޓް ޑިރެކްޓަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:           01 (އެކެއް)

މުސާރަ:                -/11,623 ރުފިޔާ

ލިވިންގ އެލަވަންސް:        3,000/- ރުފިޔާ

ރިސްކް އެލަވަންސް:        -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:   އައްޑޫ ގޮފި / ސ. ހިތަދޫ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

1-      ގޮފީގެ އިދާރީ އަދި ސަޕޯޓް މުވައްޒަފުން ކުރާ މަސައްކަތް ސުޕަވައިޒްކުރުން.

2-      ގޮފިން އަދި ގޮފީގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އޮފީހުގެ އިސްވެރިންގެ އިރުޝާދާއެކު ރާވާ ހިންގުން.

3-      ހިއުމަން ރިސޯސް ސެކްޝަންގެ ލަފާގެމަތިން ގޮފީގެ މުވައްޒަފުންނާއި ގުޅުން ހުރި އެންމެހާ ކަންތައްތައް ބެލެހެއްޓުން.

4-      ޕްރޮސިކިއުޝަން ސަޕޯޓާއި ގުޅޭ ގޮތުން ގޮފިން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރުމާއި އެމަސައްކަތްތައް މުވައްޒަފުން ލައްވާ ކުރުވުން.

5-      މީގެ އިތުރުންވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް އަންގަވާ އެންމެހާ މަސައްކަތްތައް ކުރުން.

 

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން  4 ޖަނަވަރީ 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

 

ލިންކް: https://online.pgo.mv/applications/jobs

ނޯޓް: 1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

2- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 5 ޖަނަވަރީ 2026 – 3 ފެބްރުއަރީ 2026 ވަނަ ދުވަހު މާލޭގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1-      ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2-      މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3-      ވަނަވަރު

4-      ދރއ. ކާޑުގެ ކޮޕީ

5-      ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

5 ރަޖަބު 1447

25 ޑިސެންބަރު 2025

25 ޑިސެންބަރު 2025
ހޯދާ