ދިވެހިރާއްޖެ
އިޢުލާން
ކިނބިދޫގެ ރުއްތަކުގެ ދަފުތަރު އެކުލަވާލުމާގުޅޭ
ކިނބިދޫގައި ހުރި ޢާއްމުންގެ ރުއްތަކާއި ރައްޔިތުންގެ ހުރިހާ ރުއްތަކުގެ ދަފުތަރެއް އެކުލަވާލުމާއި ރުއްތަކުގެ ރަޖިސްޓަރީގެ ކަންތައްތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާތީ، މިރަށުގެ ހުރިހާ ރުއްގަހުގެ ނަންބަރު ޖަހައިދިނުމުގެ މަސައްކަތް ކޮށްދޭނެ 10 މީހުންގެ ޓީމެއް އެކުލާލުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ޕްރޮކިއުމަންޓް އުޞޫލުން އެންމެ އަގުހެޔޮކޮށް މަސައްކަތް ކޮށްދިނުމަށް ހުށައަޅާ 10 މީހަކަށެވެ.
ވީމާ ދެންނެވުނު މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން އެމަސައްކަތް ކޮށްދޭނެ އެންމެ ހެޔޮ އަގު ބަޔާންކޮށް އެކިއެކި ކަންކަމަށް އެދޭ ފޯމާއި، އައިޑީ ކާޑުގެ ކޮޕީއާއެކު، 31 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ މެންދުރުކުރި 11:00 އަށް މިއިދާރާގެ މީޓިންހޯލަށް ހުށައެޅުއްވުން އެދެމެވެ. އެކަމަށް އެދޭ ފޯމު އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
5 ރަޖަބް 1447ހ
