މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީ ތިލަފުށި ސައިޓްގައި ޤާއިމްކުރެވިފައިވާ ޓަކްޝޮޕް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ގެޒެޓުގައި ޝާޢިއު ކުރުމަށް އެދޭ ހުއްދަ:

އެމްޓީސީސީ ތިލަފުށި ސައިޓްގައި ޤާއިމްކުރެވިފައިވާ ޓަކްޝޮޕް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: MTCC-PD/IU/2025/0663 (04 ޑިސެމްބަރ 2025) ގެ އިޢުލާން ބާތިލްކޮށް މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 
 
ތަފްސީލު
ތާރީޚް 
ދުވަސް
ވަގުތު 
މަޢުލޫމާތު ސާފުކުރުން 
30 ޑިސެމްބަރ 2025 
އަންގާރަ 
10:00 
އަންދާސީ ހިސާބު ހުށަހެޅުން 
06 ޖަނަވަރީ 2026
އަންގާރަ
10:00 
 
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށެވެ.އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.
24 ޑިސެންބަރު 2025
ހޯދާ