މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަސްޓަމުން މުދާ ކްލިއަރކޮށް ގުދަންކޮށްދޭނޭ ފަރާތެއް ހޯދުން
ޗައިނާ ސަރުކާރުގެ ނެޝަނަލް ޑިވެލޮޕްމެންޓް އެންޑް ރިފޯމް ކޮމިޝަންގެ ހިލޭ އެހީގެ ގޮތުގައި ދިވެހި ސަރުކާރަށް ދެއްވާ 125,000 ބޮތްކާއި 75,000 ހޮޅިބުރި ކަސްޓަމުން ކްލިއަރކޮށް މި މިނިސްޓްރީން ހަމަޖައްސާ ތަނެއްގައި ގުދަންކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މި ބީލަން ކުރިއަށްދާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން 11 ފެބުރުވަރީ 2009ގައި ހަދާފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް 31 އޮކްޓޫބަރު 2010ގައި އިތުރުކުރެވުނު "ބާބު 15: ދައުލަތުގެ ޕްރޮކިއުމަންޓް"ގެ ދަށުންނެވެ.
- ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މަޢުލޫމާތުޝީޓުގައި ދެވިފައިވާ މިންގަނޑުތަކަށެވެ.
- މިމަސައްކަތުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 25 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައެވެ.
- މިމަސައްކަތާ ގުޅިގެން ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 30 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018300 960+ ، ފެކްސް: 3018301 960+
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
19 ނޮވެންބަރު 2015
ހޯދާ