ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ
ދިވެހިރާއްޖެ
ކޫލްސްކޫލް މަޝްރޫޢުގެ ދަށުން މި މަދަރުސާގައި ކުރަންހުރި މަރާމާތު ކޮށްދެއްވާނެ ފަރާތެއް ހޯދުން

ޕްރޮކިއުމަންޓް ނަންބަރު: GS12-P/2025/02

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކޫލްސްކޫލް މަޝްރޫޢުގެ ދަށުން މި މަދަރުސާގައި ކުރަންހުރި މަރާމާތު ކޮށްދެއްވާނެ ފަރާތެއް ހޯދުން

1. ކޫލްސްކޫލްގެ މަޝްރޫޢުގެ ދަށުން މި މަދަރުސާގައި ކުރަންހުރި މަރާމާތު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް މި މަދަރުސާގެ ނަންބަރު:  (IUL)GS12/2025/18 (15 ޑިސެމްބަރު 2025) އިއުލާނުން ފުރުސަތު ހުޅުވާލުމާއި ގުޅިގެން އެކަމަށް އެދި ހުށައެޅި ބީލަންތައް ފުރިހަމަނުވާތީ، މިމަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ( ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2. މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، 2025 ޑިސެމްބަރު 24 އިން 2025 ޑިސެމްބަރ 25 އަށް ބަންދުނޫން ކޮންމެދުވަހަކު 8:00 އިން 14:00 އަށް ވ.އަތޮޅު މަދަރުސާއަށް ގުޅުއްވައިގެން،ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރައްވާ ރަޖިސްޓްރީ  ކުރެއްވުން އެދެމެވެ.

4. މި ބީލަމާބެހޭގޮތުން  އެއްވެސް  ސުވާލެއްވާނަމަ  2025 ޑިސެމްބަރު 25 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ  އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

5. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 ޑިސެމްބަރު 28 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ވ.އަތޮޅު މަދަރުސާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ،ވެރިފަރާތުގެ ސިޓީއެއް އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑިކާޑް ގެންނެވުން އެދެމެވެ.

6. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 ޑިސެމްބަރު 30 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި މަދަރުސާގައެވެ.

ނޯޓް: ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ކޫލްސްކޫލް މަޝްރޫޢުގެ ދަށުން މި މަދަރުސާގައި ކުރަންހުރި މަރާމާތުކުރުން." މިހެން ލިޔެފައި އޮންނަންވާނެއެވެ. 

ނަން ނޯޓްކުރުމާއި ، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ވ.އަތޮޅު މަދަރުސާ

ފޯނު ނަމްބަރު: 6700025

މޯބައިލް: 9630523 

އީ-މެ އިލް: [email protected]

24 ޑިސެންބަރު 2025
ހޯދާ