ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ޙާފިޡުން ހޯދުމަށް ބީލަން ހުޅުވާލުން

1447 ވަނަ އަހަރު ރަމަޟާން މަހު ފަރެސްމާތޮޑާގައި ޙިފްޡުކޮށް ތަރާވީސް ނަމާދުކުރާނެ 02 ޙާފިޡުން ރާއްޖެއިން ބޭރުން ގެންނަން ބޭނުންވެއެވެ. މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން އަންނަނިވި ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.

  1. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރ 29 ވަނަދުވަހުގެ 13:30 ގެ ކުރިން "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށައެޅުން އެދެމެވެ. ބިޑް ރަޖިސްޓްރީ ފޯމް [email protected]  މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. މި މަސައްކަތައް ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  2. މިބީލަމާއި ގުޅޭ ބިޑް ފޮތް މިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
  3. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 30 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
  4. މި ބީލަމުގެ ޕްރީ ބިޑް މީޓިން ބެއްވުމަށް ހަމަޖެހިފައި ވަނީ 2025 ޑިސެމްބަރ 31 ވާ ބުދަ ދުވަހުގެ 13:30ގައި މި ކައުންސިލްގެ އިދާރާގައެވެ.
  5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2026 ޖަނަވަރީ 04 ވާ އާދީއްތަ ދުވަހު 13:00ގައި މި ކައުންސިލްގެ އިދާރާގައެވެ.

 މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޑިސެންބަރު 2025
ހޯދާ