މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑުކަކުނި ނެގުން މަނާކުރުން

މި ރަށުގެ މާޙައުލާއި ގުޅިފައިވާ ޚާއްޞަ ސިފަތަކުގެ ތެރޭގައި ހިމެނޭ، އަދި ރަށުގެ ޤުދުރަތީ މާޙައުލު އޭގެ ޠަބީޢީ ގޮތުގައި ދެމެހެއްޓުމަށް ނުހަނު ބޭނުންތެރި އަދި މުހިންމު އެއް މަސްދަރުކަމުގައިވާ  ބޮޑުކަކުނި (ކަނޑޫފާ ކަކުނި) ގިނަ ޢަދަދަކަށް ހިފާ ވިޔަފާރި އުޞޫލޫންނާއި، ހަދިޔާގެ ގޮތުގައި ރަށުން ބޭރުކޮށް އަދި ކެއުމަށާއި، ރަށަށް ޒިޔާރަތްކުރައްވާ ބައެއް ފަރާތްތަކުގެ ފަރިއްކޮޅަށް ބޭނުންކުރުން ގިނަވުމުގެ ސަބަބުން  ކަކުނީގެ އާބާދީ އާދަޔާ ޚިލާފަށް މަދުވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މި ރަށުގެ މާޙައުލުގައި ދިރިއުޅޭ މި ޚާއްޞަ ކަކުންޏާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް ދިރާސާއެއް ކުރެވިފައިނުވާތީއާއި، ކަކުނީގެ އާބާދީ މާބޮޑަށް މަދުވެއްޖެނަމަ ޤުދުރަތީ ވެއްޓަށް ކޮއްފާނެ ނުރަނގަޅު އަސަރުތަކުން ސަލާމަތް ކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.      މިގޮތުން:

  • ސަރުކާރުގެ ކަމާގުޅޭ އެންމެހައި ފަރާތްތަކާއި ގުޅިގެން ބޮޑުކަކުންޏާއިބެހޭ ދިރާސާއެއް ކުރުން.
  • އެއްވެސް ބޭނުމަކަށް ބޮޑުކަކުނި ހިފުމާއި މެރުމާއި، އެ ތަކެއްޗަށް އެއްވެސްކަހަލަ ގޯނާއެއް ކުރުން މަނާކުރުން.

ވީމާ ބޮޑުކަކުންޏާއި ގުޅޭގޮތުން ދެނެގަންޖެހޭ ކަންކަން ދެނެގަނެ ދިރާސާގެ މަސައްކަތް ނިމެންދެން ބޮޑުކަކުނި ހިފުމާއި، އެތަކެއްޗަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ މަނާކަމެއްގެގޮތުގައި މި ކައުންސިލުން ކަނޑައަޅާފައިވާކަން ޢާންމުކޮށް އަންގާ އިޢްލާން ކުރީމެވެ.  

24 ޑިސެންބަރު 2025
ހޯދާ