ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ރަޖިސްޓަރީ ނަންބަރު: B1A3885 ވޭން އަދި ރަޖިސްޓަރީ ނަންބަރު: B1A3529 ޖީޕް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި އިދާރާގެ ނަންބަރު: IUL)425-A1/1/2015/95)ފ(28 ސެޕްޓެންބަރު 2015) އިޢުލާނާ ގުޅިގެން މިކަމަށް ޝައުޤުވެރިކަން ހާމަކޮށްފައިވާ ފަރާތްތަކުން ހުށަހެޅި ޕްރޮޕޯޒަލްތަކުގައި މުހިންމު ބައެއް ލިޔުންތައް ހިމަނާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ތަން |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
22 ނޮވެންބަރު 2015 |
މާލޭ ސިޓީ ކައުންސިލްގެ އިދާރާ (ކުރީގެ މާފަންނު އަވަށު އޮފީސް) ކަނބާ އާއިސާރަނި ހިނގުން |
އާދީއްތަ |
13:00 |
އަގު ހުށަހެޅުއްވުމަށް |
29 ނޮވެންބަރު 2015 |
މާލޭ ސިޓީ ކައުންސިލްގެ އިދާރާ ( ކުރީގެ މާފަންނު އަވަށު އޮފީސް) ކަނބާ އާއިސާރަނި ހިނގުން |
އާދީއްތަ |
13:00 |
އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.
30 މުޙައްރަމް 1437