ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަކޯރު ބިންތަކާއިގުޅޭ.

އިޢުލާން

އަލަކޯރު ބިންތަކާއިގުޅޭ.

   ގޭބީސީތަކަށް އަލަކޯރު ހެދުމަށް މި ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގެ އިންވަކިވާގޮތަށް ބިތްގަނޑު ޖެހުމާއި އަލަކޯރާއި ގުޅިފައިވާ މަގުތަކާއި ގޯޅިތައް 25 ޖެނުއަރީ 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ސާފުކުރުމަށް ދަންނަވަމެވެ.

   އަދި ކެލާ ކައުންސިލުން ދޫކުރުމަށް ހަމަޖެހިފައިވާ ކުލީ އަލަކޯރުތައް ކުއްޔަށް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، ކައުންސިލުން ކޮށްފައިވާ (IUL)249-M/249/2024/99 (08 ޑިސެންބަރު 2024) ނަންބަރު އިޢުލާނާއި ގުޅިގެން ދޫކޮށްފައިވާ އަލަކޯރުތައް ފިޔަވައި ދަނޑުބިމުގެ ސަރަހައްދުގައި، ދަނޑުބިމުގެ މަގުތަކަށް އަރާފައިވާ އަލަކޯރުތަކާއި ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގައި ހުރި އަލަކޯރުތަކުގައިވާ ތަކެތި 31 ޖެނުއަރީ 2026 ގެ ކުރިން ނަގައި އަލަކޯރުތައް ހުސްކުރުމަށް ދަންނަވަމެވެ.

   މި މުއްދަތުގެ ތެރޭގައި، އަލަކޯރުގައިވާ ތަކެތި ނުނަގާ ހުންނަ އަލަކޯރުތަކައް ފަސްއަޅާ ފޮރުވާލެވޭނެކަން އަންގާ އިޢުލާންކުރަމެވެ.

23 ޑިސެންބަރު 2025
ހޯދާ