ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ފައިނޭންސް އެސިސްޓެންޓް
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެސިސްޓެންޓް
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ
އިނާޔަތްތައް
|
-/8,000 ރ އާއި -/12,000 ރ އާ ދެމެދު (ހާސިލްކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން
|
ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސްގެ މަސައްކަތާއި ގުޅުންހުރި ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސްގެ މަސައްކަތާއި ގުޅުންހުރި ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއިން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ 4 ގެ ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކޯޕަރޭޝަންގެ ދުވަހުން ދުވަހަށް އެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާ، ކަނޑައެޅިފައިވާ މުއްދަތުގައި އެ ފަރާތްތަކަށް ހަވާލުކުރުން.
- އަދި ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ހިސާބު ބެލެހެއްޓުމާއި، ގަވާއިދުން ލިބޭ ފައިސާ ބޭންކްއަށް ޖަމާކުރުން.
- ކޯޕަރޭޝަންގެ ކަސްޓަމަރުން އަދި ސަޕްލަޔަރުންގެ މައުލޫމާތު ގަވާއިދުން އަޕްޑޭޓް ކުރުން.
- ކޯޕަރޭޝަންގެ ކަސްޓަމަރުންގެ އިންވޮއިސް ދުވަހުން ދުވަހަށް ފޮނުވުން.
- ކޯޕަރޭޝަންގެ ބޭންކުއެކައުންޓްތަށް މަހުން މަހަށް ރީކޮންސައިލް ނުރުން.
- ކޯޕަރޭޝަންގެ ފައިނޭންސް ޑިޕާރޓްމަންޓްގެ ދުވަހުން ދުވަހަށް ރިކޯޑު ބެލެހެއްޓުމައި، ދުވަހުން ދުވަހަށް ބޭނުންވާ ރިޕޯޓުތައް ތަޔާރުކުރުން. އަދި ގަވައިދުން ފައިނޭންޝަލް އިންފޮމޭޝަން އަޕްޑޭޓްކުރުން.
- އިންޓަރނޭސަނަލް ފައިނޭންޝަލް ރިޕޯޓިން ސްޓޭންޑަރޑްތަކާއި، އާއްމުކޮށް ގަބޫލުކުރާ ހަމަތަކާއި މިންގަނޑުތަކާ އެއްގޮތް ފައިސާގެ ހިސާބުތައް ބަލަހައްޓައި ތައްޔާރުކުރުން.
- ކޯޕަރޭޝަންއިން ހިންގާ އެންމެހައި ޕްރޮގްރާމްތަކެއްގެ ހިސާބުތައް ބެލެހެއްޓުމާއި، ޕްރޮގްރާމްތަކުގެ ޚަރަދުތައް ކަނޑައަޅާފައިވް ބަޖެޓްތަކުގެ ތެރޭގައި ކުރިއަށް ގެންދާކަން ޔަގީންކުރުން.
- ކޯޕަރޭޝަންގެ އޮޑިޓަރުންނަށް ބޭނުންވާނޭ އެންމެހައި މައުލޫމާތުތައް ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.
- ފައިނޭންސް ޑިޕާޓްމަންޓްން ތައްޔާރުކުރަންޖެހޭ އެކިއެކި ރިޕޯޓްތައް ދުވަހުން ދުވަހަށް ނިންމުން.
- މިނޫނަސް، އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
|
- ސުންގަޑި: 25 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހެޅުއްވުން.
- އިންޓަރވިއުއާއި އިމްތިޙާން ކުރުން 25 ނޮވެންބަރު 2015 އާއި 28 ނޮވެންބަރު 2015 އާ ދޭތެރޭގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮންނާނެއެވެ.
|
07 ޞަފަރު 1437
|