ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ލޮޖެސްޓިކް އެންޑް މެއިންޓަނަސް އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އޮފިސަރ
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ
އިނާޔަތްތައް
|
-/12,000 ރ އާއި -/17,000 ރ އާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- ބިޒްނަސް އެޑްމިނިސްްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްްޓްރޭޝަންގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ބިޒްނަސް އެޑްމިނިސްްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްްޓްރޭޝަންގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ބިޒްނަސް އެޑްމިނިސްްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްްޓްރޭޝަންގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ލޮޖިސްޓިކް އެންޑް މެއިންޓެނަންސް ޑިޕާރޓްމަންޓް ދުވަހުން ދުވަހަށް ހިންގުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ކުރުން.
- ކޯޕަރޭޝަންގެ އިންވެންޓަރީ ސިސްޓަމް ރާވައި ހިންގުމާއި ރިޕޯޓުތައް ތައްޔާރު ކުރުން.
- ލޮޖިސްޓިކް އެންޑް މެއިންޓެނަންސް ޑިޕާރޓްމަންޓް ކަޑައަޅާފައިވާ ގޮތެއްގެމަތިން ދަތުރުފަތުރުގެ ނިޒާމް ރާވާ ހިންގުން.
- ވެހިކަލްތައް މަރާމާތުކުރުމަށް ބޭނުންވާ ޝެޑިއުލް ހެދުމާ މެއިންޓެނަންސް ގުޅުންހުރި މަސައްކަތެއްކުރުން.
- ކޯޕަރޭޝަންއަށް ބޭނުންވާ މުދަލާއި ހިދުމަތް ކަޑައަޅާއިފައިވާ އުސޫލްތަކާ އެއްގޮތްވާގޮތުގެ މަތިން ހޯދުން.
- ކޯޕަރޭޝަންއަށް ހޯދާ މުދާ ލިބިގަތުމާ، ގުދަންކުރުމާ، ދޫކުރުމުގެ އެންމަހައިކަންކަން ރާވައި ހިންގުމުގެ އެހީތެރިވުން.
- ކޯޕަރޭޝަންގެ ހިންގުން އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ހިދުމާއި ވަސީލަތްތައް ދިރާސާކުރުން.
- ލޮޖިސްޓިކް އެންޑް މެއިންޓެނަންސް ޑިޕާރޓްމަންޓްގެ ދުވަހުން ދުވަހަށް ރިކޯޑު ބެލެހެއްޓުމައި، ދުވަހުން ދުވަހަށް ބޭނުންވާ ރިޕޯޓްތައް ތަޔާރުކުރުން.
- ކޯޕަރޭޝަންގެ އޮޑިޓަރުންނަށް ބޭނުންވާނޭ އެއްމެހައި މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.
- މިނޫނަސް، އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- މަސައްކަތާއި ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
- ސުންގަޑި: 25 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހެޅުއްވުން.
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 26 ނޮވެންބަރު 2015 އާއި 30 ނޮވެންބަރު 2015 އާ ދޭތެރޭގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮންނާނެއެވެ.
|
30 މުޙައްރަމް 1437
|