އދ. ދިއްދޫ ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް(ވަޒީފާގެ ފުރުޞަތު)

އދ. ދިއްދޫ ސްކޫލް

ދިއްދޫ/ދިވެހިރާއްޖެ

ސީނިއަރ އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

އދ. ދިއްދޫ ސްކޫލް

ގްރޭޑް:

4

   

މުސާރަ:

މަހަކު 8,190.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު  2455.00 ރުފިޔާ

 

ޙާޒިރީ އެލަވަންސް:

65.00 ރުފިޔާ

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތު ގަޑި:

8:00 އިން 2:00 އަށް

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މަގާމުގެ ޝަރުތު:

  • އޭލެވެލް (އެޗް.އެސް.އެސް.ސީ މާއްދާތަކާއި އިނގިރޭސި ނުހިމެނޭ ގޮތަށް) 1 މާއްދާ އިން 'ސީ' ފާސް އަދި އޯލެވެލް (އެސް.އެސް.ސީ ހިމެނޭ/ނުވަތަ ނުހިމެނޭ ގޮތަށް) 4 މާއްދާއިން 'ސީ' ފާސް ލިބިފައިވުން. ނުވަތަ
  • މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސެޓިފިކެޓެއް ހާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1.  ޕްރިންސިޕަލްގެ މަސައްކަތްތަކުގައި ހިމެނޭ އިދާރީ ޒިންމާތައް އަދާކުރުމުގައި ޕްރިންސިޕަލަށް އެހީތެރިކަން ފޯރުކޮށްދިނުން އެގޮތުން ސްކޫލުން ޢަމަލުކުރާ އުސޫލުތަކާއި ޕްލޭންތައް ތަންފީޒުކުރުމުގައި ޕްރިންސިޕަލްއާ ގުޅިގެން މަސައްކަތްކުރުމާއި، ސްކޫލްގެ މަސައްކަތްތައް އޮމާންކަމާއެކު ރަނގަޅަށް ކުރިއަށް ގެންދިއުމަށް އެހީތެރިވުން.
  2.  ޕްރިންސިޕަލް ދުވަހުންދުވަހަށް އަދާކުރާ އެޑްމިނިސްޓްރޭޓިވް ސަޕޯޓް މަސްއޫލިއްޔަތުތައް އިންތިޒާމުކުރުން އެގޮތުން ކޮންމެ ދުވަހަކު ޕްރިންސިޕަލްއާ ބައްދަލުކޮށް އެ ދުވަހެއްގެ ޝެޑިއުލް އިސްކަންދޭ ތަރުތީބުން ކަނޑައެޅުމާއި ޚަރަދު ހިނގާނެ ކަންތައްތައް ފާހަގަކޮށް ހަމަޖެހިފައިވާ އުސޫލުން އެކަންކަން ކުރިއަށް ގެންދިއުން.
  3. ސްކޫލަށް ޒިޔާރަތްކުރާ މެހެމާނުންނަށް މަރުހަބާ ކިއުން؛ ފޯނު ކޯލްތަކަށް ޖަވާބު ދިނުމާއި އެފަދަ ކޯލްތައް ކަމާބެހޭ ފަރާތަކަށް ރޫޓް ކުރުން؛ މެސެޖުތައް ނަގައި އެ ރައްދުކުރަންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން؛ ސްކޫލުގެ އުސޫލުތައް
    ސާފުކޮށްދިނުން؛ ސްކޫލުން ހިންގާ ޕްރޮގްރާމްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން.
  4. ސްކޫލްގެ ރަސްމީ އީމެއިލްއަށް އަންނަ އީމެއިލްތައް ކަމާބެހޭ މުވައްޒަފުންނަށް ފޯރުކޮށްދިނުމާއި ޖަވާބުދޭންޖެހޭ އީމެއިލްތަކަށް ޖަވާބުދިނުން؛ ސިޓީއާއި ލިސްޓްތަކާއި ރިޕޯޓްތަކާއި ފްލަޔަރތަކާއި ފޯމްތަކާއި އެފަދަ ތަފާތު ލިޔެކިޔުންތައް ޑްރާފްޓްކުރުމާއި ފީޑްބެކް ހޯދަންޖެހޭ ފަރާތްތަކުގެ ލަފަޔާއެކު ފުރިހަމަކުރުން؛ ސްކޫލުން އާންމުކުރާ ތަކެތި ޕްރޫފްރީޑް ފުރިހަމަކުރުން؛ ދަރިވަރުންނާއި މުވައްޒަފުންނާއި ސްކޫލް ހިންގުމާގުޅޭ ތަފާތު ރިޕޯޓްތަކާއި ފައިލްތަކާއި ޑޭޓާ ތައްޔާރުކޮށް ޞައްޙަކޮށް ބެލެހެއްޓުން
  5. ސްކޫލަށް އަލަށް ބަދަލުވާ ދަރިވަރުންގެ އެންރޯލްމަންޓް އަދި ސްކޫލުން ބަދަލުވާ ދަރިވަރުންގެ ލިޔެކިޔުންތައް ޕްރޮސެސްކުރުން؛ އެކަޑަމިކް ޓަރމް ނިމުމުން ރެކޯޑްތައް އަދާހަމަކުރުން.
  6.  ދަރިވަރުންގެ ގްރޭޑްތަކާއި ޓްރާންސްކްރިޕްޓް މަޢުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން؛ ދަރިވަރުންގެ ރެކޯޑާއި ޓްރާންސްކްރިޕްޓް ރިކުއެސްޓްތަކަށް ޖަވާބުދިނުން؛ ދަރިވަރުންގެ ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  7. ސްކޫލް ބޯޑުގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރިންސިޕަލާއި، މުވައްޒަފުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢާ ދެމެދު ކުރަންޖެހޭ މުއާމަލާތްތައް އިންތިޒާމުކޮށް ކޯޑިނޭޓްކުރުން؛ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިމަތިވާ މައްސަލަތައް ހައްލު ކުރުން ނުވަތަ އެޑްމިނިސްޓްރޭޓަރަށް އެކަމެއް ރިފަރކުރުން
  8. ޕްރިންސިޕަލްގެ ކަލަންޑަރު ޝެޑިއުލް ބެލެހެއްޓުން އެގޮތުން ޓީޗަރުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢުގެ މެމްބަރުން އެދޭ އެޕޮއިންޓްމަންޓް ތާވަލުކުރުން؛ އެކިއެކި ގްރޫޕްތަކާއި ޖަމިއްޔާތަކާ ބައްދަލުވުންތައް
    އިންތިޒާމުކުރުން؛ ބައްދަލުވުންތައް ބާއްވާ ކޮޓަރިތައް ބުކްކުރުމުގެ ކަންތައްތައް ބެލެހެއްޓުން.
  9. މުވައްޒަފުންގެ އިވެލުއޭޝަން ލޮގްތައް ބެލެހެއްޓުމާއި، އިވެލުއޭޝަންގެ އެޕޮއިންޓްމަންޓްތައް ޝެޑިއުލްކުރުމާއި ކޯޑިނޭޓްކުރުން.
  10. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމާއި، އިންޓަވިއުތައް ޝެޑިއުލްކޮށް އިންޓަވިއު ސެޝަންތަކަށް ބޭނުންވާ ލިޔެކިއުންތައް ތައްޔާރުކުރުން؛ އައު މުވައްޒަފުން މަސައްކަތް ފެށުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  11. ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުއްލި ހާލަތާއި ކާރިސާތަކަށް ތައްޔާރުވުމުގެ ޑްރިލްތައް ކޯޑިނޭޓްކޮށް ހިންގުމާއި؛ ތަޅާފޮޅުމާއި، ވައްކަންކުރުންފަދަ ކަންކަމުގައި ފުލުހުންނާ މުއާމަލާތްކުރުން.
  12. ފީލްޑް ޓްރިޕްތަކާއި، ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، ފެއަރތަކާއި، ކޮންސެޓްތަކާއި، ގްރެޖުއޭޝަންތަކާއި އެފަދަ އިވެންޓްތައް ޝެޑިއުލްކޮށް ކޯޑިނޭޓްކުރުމުގައި ބައިވެރިވުން؛ އަދި އެފަދަ އިވެންޓްތަކަށް ތަކެތިހޯދުމާއި، ބައިވެރިންނަށް އެންގުމާއި، ފީ ބަލައިގަތުން.
  13.   ސްކޫލްގެ މާލީ ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން؛ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ރެކޯޑް ބެލެހެއްޓުން؛ ރިކުއިޒިޝަންތައް ޕްރޮސެސްކުރުމާއި ރިކުއިޒިޝަން އޯޑަރުގެ ރިޕޯޓްތައް ބެލެހެއްޓުން.
  14. ސްކޫލްގެ އިމާރާތާއި ކްލާސްރޫމްތަކުގެ ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުން.
  15. ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ސްކޫލްގެ މުވައްޒަފުންނަށް ތަޅުދަނޑިއާއި އެލާމް ކޯޑް ދޫކުރުން؛ ސެކިއުރިޓީއާބެހޭ މަޢުލޫމާތު ފައިލް ބެލެހެއްޓުން

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ސްކޫލުން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 https://www.csc.gov.mv/Policy/Index/51

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2026 ޖަނަވަރީ  4 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://forms.gle/b1HKvB7a7hMYyzdn7

 

ނޯޓް:

 

  • ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ތަޢުލީމީ ސެޓުފިކެޓުތައް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ސްކޫލަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7488661 ނަންބަރު ފޯނަށެވެ.

 

 

23 ޑިސެންބަރު 2025
ހޯދާ