ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު: TEB/2015/W-05-R-01
ޕްރީކޮލިފައި ކުރުމުގެ ދަޢުވަތު
ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޢިމާރާތްކުރުން
1- ސ. ހިތަދޫގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަޝްރޫޢަށް ސަޢުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓް އަދި އޯޕެކް ފަންޑް ފޯރ ޑިވެލޮޕްމަންޓް (އޯފިޑް) އިން ދޭ ލޯނު އެހީގެ ބައެއްގެ ގޮތުން ތިރީގައި ދަންނަވާފައިވާ ޕްރޮޖެކްޓަށް ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
2- މިނިސްޓްރީ އޮފް ހެލްތުގެ ބޭނުމަށް ސ. ހިތަދޫގައި ރީޖަނަލް ހޮސްޕިޓަލެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިމިނިސްޓްރީގެ IUL)13-K1/13/2015/15)ފ(22 ޖަނަވަރީ 2015) ނަންބަރު އިޢުލާން ބާޠިލުކޮށް، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ، ޕްރީކޮލިފައިވާ ފަރާތްތަކަށް ހުޅުވާލަމެވެ.
3- ޕްރީކޮލިފިކޭޝަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 22 ނޮވެންބަރު 2015 އިން 16 ޑިސެންބަރު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަމުގައި ބައިވެރިވުމުގެ ރެޖިސްޓްރޭޝަން އަގަކީ -/1500 (ފަނަރަސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
4- މި ބީލަމާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ،
ޓެލެފޯން: 3349106 ، 3349266 ،
ފެކްސް: 3320706 ، 3324432،
އީމެއިލް: [email protected]
5- މި ޕްރޮޖެކްޓްގެ ޕްރީކޮލިފިކޭޝަން ބިޑްތައް 17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން މި މިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަން ފޮނުއްވަންވާނެއެވެ. ގަޑިޖެހުމުގެ ސަބަބުން ސަބްމިޓްކުރާ ބިޑްތައް ރިޖެކްޓް ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚު، ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.