މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުގައި ހުރި ބައެއް ބައު ތަކެތި ނީލަން ކިޔުން

އިޢުލާން

މިކޯޓުގައި ހުރި ބައެއް ބައު ތަކެތި ނީލަން ކިޔުން:          

      މި ކޯޓުގައި ހުރި ބައެއް ބައު ތަކެތި ނީލަމުގައި ވިއްކާލުމަށްޓަކައި ކުރެވުނު މިކޯޓުގެ ނަންބަރު: 568-A/2025/20 (އިޢުލާން) އާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާހަގަކޮށްފައިނުވާތީ، މިދެންނެވުނު އިޢުލާން ބާތިލުކޮށް، އަލުން އިޢުލާންކުރުމަށް ނިންމާފައިވެއެވެ. އެހެންކަމުން ތިރީގައި މިދަންނަވާ ތަކެތި ނީލަން ކިޔުން 2025 ޑިސެންބަރު 29 ވާ ހޯމަ ދުވަހު 16:00 ގައި މިކޯޓުގައި އޮންނާނެއެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 2025 ޑިސެންބަރު 30 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ދައްކަވާ ނިންމަވަން ވާނެއެވެ. މި މުއްދަތުގައި ފައިސާ ނުދައްކާވާ ތަކެތި ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ. ނީލަމުގައި ނެންގެވި ތަކެއްޗަށް ފައިސާ ދައްކަވާފައިވާ ފަރާތްތަކަށް ތަކެތި ދޫކުރުން 2025 ޑިސެންބަރު 30 ވާ އަންގާރަ ދުވަހުގެ 11:00ން ފެށިގެން 2025 ޑިސެންބަރު 31 ވަނަ ދުވަހުގެ 15:00 އާ ހަމައަށް އޮންނާނެއެވެ. މި ނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިކޯޓުގެ އެދުމެކެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

#

އަދަދު

ތަކެތީގެ ބާވަތް

ނީލަން ކިޔަން ފެށޭނެ އެންމެ ކުޑަ އަގު

ފަހަރަކު އިތުރު ކުރެވޭ އަގު

1

2

ކަބަޑު ފައިލްބަހައްޓާލަކުޑި (ބިއްލޫރިލެއްވި)

300

10

2

1

ސެކްރެޓަރީ ޗެއަރ

140

10

3

2

އަލަމާރި

200

10

4

2

އަލަމާރި  (ލަކުޑި)

375

10

5

1

އޮފީސް މޭޒު

440

15

6

1

ކަޅު ހަން 1500ލ

500

15

7

2

ފެކްސް މެޝިން

100

10

8

1

ޓީވީ

400

15

9

3

އެއަރކަންޑިޝަން

500

15

10

1

ތަރުމޯޒު

45

5

11

1

ކޫލާރ (ސްޓެއިންލެސް ސްޓީލް)

150

10

12

1

ކޫލާރ (ޕްލާސްޓިކް)

40

5

13

5

ގޮނޑި (ނައިލޯނުފުރި)

25

5

              

                          3 ރަޖަބު 1447ހ.

                         23 ޑިސެމްބަރ 2025މ. 

23 ޑިސެންބަރު 2025
ހޯދާ