ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
އެޗް.ޑީ.އެފް.ސީއަށް އޮފީސް އެޓެންޑެންޓެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދައުވަތު

ނަންބަރ: (IUL)HDFC/1/2025/35

އެޗް.ޑީ.އެފް.ސީއަށް އޮފީސް އެޓެންޑެންޓެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދައުވަތު

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. އޮފީހުގައި މަސައްކަތް ކުރުމަށް އޮފީސް އެޓެންޓެންޓެއްގެ ވަޒީފާ އަދާ ކުރާނެ ފަރާތެއް ބޭނުންވެއެވެ.

ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތު

  • އޮފީހުގެ ސައިކޮޓަރީގެ ސާފުތާހިރުކަން ޝެޑިއުލާއި އެއްގޮތަށް ބެލެހެއްޓުން.
  • އޮފީހުގެ ބައްދަލުވުންތަކަށާއި މުވައްޒަފުންގެ ނާސްތާއަށް ބޭނުންވާ ތަކެތި ގަނެދިނުމާއި ކެއުމާއި ސައި ތައްޔާރުކޮށްދިނުން.
  • އޮފީހުގެ ސައިކޮޓަރިއަށާއި މީޓިންގ ރޫމަށް ބޭނުންވާ ތަކެތި (ސައި، ކޮފީ، ހަކުރު، ކިރު) ސްޓޮކްކޮށް ބެލެހެއްޓުން.
  • އޮފީހުން އަންގާ މިނޫންވެސް މަސައްކަތްތަކަށް އެއްބާރުލުންދިނުމާއި ފަރުވާތެރިކާމާއިއެކު މަސައްކަތްކުރުން.
  • އޮފީސް ތެރެ ސާފުތާހިރުކޮށް ބެހެއްޓުމަށް އެހީތެރިވެދީ، އެކަމަށް ބޭނުންވާ ތަކެތި ސްޓްކްކޮށް ބެލެހެއްޓުން.

މަސައްކަތުގެ މުއްދަތު:

  • މިމަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 12 މަސްދުވަހަށެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު އަގާއި އެކު ހުށަހަޅަންޖެހޭ ތަކެތި

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރާ ކ ކުންފުނި/ ޕާޓްނާޝިޕް/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީ ކޮޕީ
  • ޖީ.އެސް.ޓީއަށް ރެޖިސްޓަރ ކޮށްފައިވާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ
  • މިހާތަނަށް މިފަދަ ޚިދުމަތް ފޯރުކޮށްދީފައި އަދި ދެމުން ގެންދާ ތަންތަނުގެ ލިސްޓެއް
  • ޚިދުމަތް ފޯރުކޮށްދެމުން އަންނަ ނުވަތަ ކޮއްދެވިފައިވާ ތަންތަނުން ދޫކޮށްފައިވާ ރިފަރަންސް ސިޓީތައް
  • ތަނުގެ މުވައްޒިފުންގެ އަދަދު (ދިވެހިން އަދި ބޭރުމީހުން އެގޭގޮތަށް)
  • މިމަސައްކަތް ކުރުމަށް ގެންގުޅޭ އާލާތްތަކުގެ ލިސްޓެއް
  • މިމަސައްކަތް ރާވައިގެން ގެންދަން ގަސްތު ކުރާ ގޮތުގެ  ތާވަލްއަކާއި ކުރު ޚުލާސާއެއް
  • މިފަދަ މަސައްކަތުގެ ތަޖުރިބާ ތަނުގައި ތިބި މުވައްޒިފުންނަށް ލިބިފައިވާ މިންވަރު އަންގައިދެވޭނެ ލިޔުމެއް

އެވޯޑްކުރުމުގައި ބަލާނެ ކަންތައްތައް

  • މިފަދަ މަސައްކަތް ކުރުމަށް ކުންފުންޏަށް ނުވަތަ އެފަރާތަކަށް ލިބިފައިވާ ތަޖުރިބާ – 20 މާރކްސް
  • ހުށަހަޅާ އަގު – 80 މާރކްސް

 

އަންދާސީ ހިސާބު ހުށަހެޅުން:

  • އަންދާސީ ހިސާބު ހުށަހަޅުއްވަން ޝައުގުވެރިވާ ފަރާތްތަކުން [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ، ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި "އެޗް.ޑީ.އެފް.ސީ ގެ އޮފީސް އިމާރާތް ފޮޅާ ސާފުކުރުން"  މިހެން ލިޔެފައި، އަދި ސިޓީ އުރައިގެ ބޭރު އެޑްރެސް "ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ، ހ. މިއަލަނި، 3 ވަނަ ފަނގިފިލާ، ސޯސަންމަގު، ކ. މާލެ" މިގޮތައް ލިޔެފައި ކޯޓޭޝަން އާއި ލިޔުންތައް ހުށަހެޅުމަށް ދައުވަތު އަރުވަމެވެ.

 

  • އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ:
  • ޕާސްވޯޑް ލޮކުކުރެވިފައިވާ ޕީ.ޑީ.އެފް (PDF) ނުވަތަ ޒިޕް (ZIP) ފައިލް ފޯމެޓްގައި ހުށަހެޅުން އެދެމެވެ.
  • ހުށަހަޅާ ފައިލް ސައިޒް 20 އެމް.ބީ (20 MB) އަށްވުރެ ބޮޑުވެގެން ނުވާނެއެވެ.
  • އަގުހުށަހަޅުއްވާނީ ފޮޅާ ސާފުކުރާ ދުވަހަކަށް ޖެހޭ މަގުންނެވެ. މިމުއްދަތުގެ ތެރޭގައި ބަންދު ދުވަސް އަތުވެއްޖެ ނަމަ އެދުވަސްތައް ނުހިމެނޭނެއެވެ.
  • ހުށަހެޅުމުގެ ސުންގަޑި: 28 ޑިސެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެއްވެސް ހުށަހެޅުމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

އަންދާސީ ހިސާބު ހުޅުވުން:

  • ތަން : ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ، ހ. މިއަލަނި، 3 ވަނަ ފަނގިފިލާ، ސޯސަންމަގު، ކ. މާލެ
  • ތާރީޚް : 28 ޑިސެމްބަރ 2025
  • ދުވަސް : އާދީއްތަ
  • ގަޑި  : 14:00

 

މަސައްކަތް ކުންފުނީގެ ވެބްސައިޓްގައި ޕަބްލިޝްކޮއްފައިވާ ލިންކް:

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ، ރަސްމީ ގަޑީގައި، ނަންބަރު 3334666 ފޯނަށް ގުޅުއްވުން ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

23 ޑިސެންބަރު 2025
ހޯދާ