ދިވެހިރާއްޖެ
1. މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ސިޒަރ ލިފްޓެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ
މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރވިފައިވާނެއެވެ.
2. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެއްވުމަށް [email protected] އަށް 28 ޑިސެންބަރު 2025 (އާދިއްތަ) ދުވަހުގެ 13:00ގެ ކުރިން
އީ.މެއިލް މެދުވެރިކޮށް ފޮނުވައި ދެއްވުން އެދެމެވެ. އަދި މެއިލްގެ ސަބްޖެކްޓުގައި އިޢުލާންގެ ނަންބަރު ހިމަނާ ރަޖިސްޓަރީކޮށްދެއްވުމަށް އެދިފައި އޮންނަންވާނެއެވެ.
އަދި މެއިލްގައި އަންނަނި ވި މަޢުލޫމާތު ހިމަނަންވާނެއެވެ.
* ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ
* ގުޅޭނެ ފަރާތުގެ ނަން
* ފޯން ނަންބަރު
* އީ.މެއިލް ފޮނުވަންވީ އެޑްރެސް
3. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.
4. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 06 ޖަނަވަރީ 2025 (އަންގާރަ) ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.
5. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އުރައިގެ ބޭރުގައި "މޯބައިލް ސިޒަރ ލިފްޓެއް ސަޕްލައި ކޮށްދެއްވުމަށް އެދި" މިހެން
ލިޔެފައި އޮންނަންވާނެއެވެ.
6. ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބިލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު
ކަރުދާހުގެ ޖަދުވަލުތައް މި އިޢުލާނާއިއެކު އެއް އުރަކުރެވިފައިވާނެއެވެ.
7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ފޯން: 6620001
އީ.މެއިލް އެޑްރެސް: [email protected] ، [email protected]
