މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޢުމުރާއަށް މީހުން ގެންދިއުމާބެހޭ

އިޢުލާން

1437 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމަށް ޝައުޤުވެރިވާ ކުންފުނިތަކުން، އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު 12 ނޮވެންބަރު 2015 އިން ފެށިގެން 08 ފެބްރުއަރީ 2016 ވަނަ ދުވަހުގެ 12:00 އަށް ހުޅުވާލެވިފައިވާކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

މިކަމަށް ޝައުޤުވެރިވާ ކުންފުނިތަކުން 12 ނޮވެންބަރު 2015 ވަނަ ދުވަހުން ފެށިގެން 08 ފެބުރުވަރީ 2016 އަށް، ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހު ހެނދުނު 11:00 ން 12:00 އަށް މި މިނިސްޓްރީގެ މީޓިންގ ރޫމްގައި ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނެއެވެ. ވީމާ، 2015 ވަނަ އަހަރުގެ ނޮވެންބަރުު މަހު ގެޒެޓުކުރެވިފައިވާ "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާއި ބެހޭ އުސޫލު" ގައިވާގޮތަށް ޕްރޮޕޯސަލް ތައްޔާރުކޮށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

30  މުޙައްރަމް  1437

12 ނޮވެންބަރު 2015
ހޯދާ