ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު ހިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޘުން ހޯދުން

1447 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުއްފިރުދައުސް އަދި މަސްޖިދުއް އަންވާރު ގައި އިމާމްވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޘަކު (މިސްކިތަކަށް 1 ޙާފިޘް) މިކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 28 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާކަމުގައި ދަންނަވަމެވެ.

ލިންކް: https://forms.office.com/r/Tf5mjTkys5?origin=lprLink 

ތަފްސީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް: [email protected]

28 ޑިސެމްބަރ 2025 (އާދިއްތަ)

10:00

ރަޖިސްޓަރ ވުމުގެ ސުން ގަޑި

28 ޑިސެމްބަރ 2025 (އާދިއްތަ)

10:00

ޕްރީ ބިޑް ބައްދަލުވުން

28 ޑިސެމްބަރ 2025 (އާދިއްތަ)

13:30

އަންދާސީ ހިސާބު ހުށަހެޅުން

31 ޑިސެމްބަރ 2025 (ބުރާސްފަތި)

13:30

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި އަދި އިޢުލާނު ކުރެވިފައިވާ މަސައްކަތާއި ގުޅޭ ވިޔަފާރީގެ ހަރަކާތްތައް ރަޖިސްޓްރީ ކޮށް ފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 ޑިސެންބަރު 2025
ހޯދާ