މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކިހާދޫގައި އިމާރާތްކުރާ 2 ކޮޓަރި އެޕާޓްމަންޓް އިމާރާތްކުރުމުގެ (ފިޔަވަހި 1) މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުން

ބ.ކިހާދޫގައި އިމާރާތްކުރާ 2 ކޮޓަރި އެޕާޓްމަންޓް އިމާރާތްކުރުމުގެ (ފިޔަވަހި 1) މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 2026 ޖަނަވަރީ 05 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް ފުރިހަމަކޮށް މި އިދާރާގެ އީމެއިލް:[email protected] އަށް އީމެއިލް ކުރައްވާ ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށަހަޅުއްވާ ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން:

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 2026 ޖަނަވަރީ 08 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި، ކިހާދޫ ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. 

މިމަސައްކަތާގުޅޭ މަސައްކަތުގެ ތަފްސީލް ކަރުދާސް އިޢުލާނާއެކު ބެހެއްޓިފައިވާނެއެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް މި ކަރުދާސް ފޮނުވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ 2026 ޖަނަވަރީ 14 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ކިހާދޫ ކައުންސިލްގެ އިދާރާގައެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ [email protected]  އީމެއިލް އެޑްރެހަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޑިސެންބަރު 2025
ހޯދާ