ދިވެހިރާއްޖެ
މި ހޮސްޕިޓަލުގެ ނަންބަރ (IUL)AAAH-A-HK/AAAH/2025/39 އިއުލާނު ބާޠިލްކުރުމަށްފަހު އަލުން އިޢުލާނުކުރަމެވެ.
ނީލަންކިޔުން
މި ހޮސްޕިޓަލްގައި ހުރި ބައުތަކެތި ނީލަންކިއުން، 29 ޑިސެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ 16:00 ގައި މި ހޮސްޕިޓަލްގެ ގޯތިތެރޭގައި އޮންނާނެ އެވެ. ނީލަން ކުރިއަށް ދާނީ ދުވަހު ނީލަމުގެ އުޞޫލުންނެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން، 29 ޑިސެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ 16:00 އަށް މި ހޮސްޕިޓަލަށް ވަޑައިގެންދެއްވުން އެދެމެވެ.
ނީލަން ކިއުމުގެ އުޞޫލު:
v ނީލަންކިޔާތަކެތި ބައިބަޔަށް ( ލޮޓް ) ބެހުމަށްފަހު ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ނީލަން ނަންބަރ ފެންނާނެހެން ލޮޓްގައި ހުންނާނެއެވެ.
v ނީލަން ކުރިޔަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޟިރުގައެވެ. ނަމަވެސް 3 ބައިވެރިން ހަމަނުވާނަމަ ދެވަނަ ފަހަރަށް އިޢުލާންކޮށް 2 ނުވަތަ 1 ބައިވެރިންގެ ހާޟިރުގައި ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިޔަށް ގެންދެވޭނެއެވެ.
v ނީލަމުގައި ހުށައަޅާ އަގުތައް ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގައި ބައިވެރިޔަކު އަގެއް ހުށަޅައި އެ އަގަށްވުރެ މަތީ އަގެއް ހުށައެޅުމުގެ ފުރުޞަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް ނީލަމުގައި ބައިވެރިވާ އެހެން ފަރާތުން ހުށަނާޅައިފިނަމަ އެ އަގު ހުށައެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީ ކަމުގައި ނިންމޭނެއެވެ.
v ނީލަން ނިމުނުގޮތް ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޟިރުގައި އިޢުލާނުކޮށް ނީލަން ކާމިޔާބު ކުރި ފަރާތަށް " ނީލަން ކާމިޔާބު ކުރިކަން އަންގާ ލިޔުން " ޙަވާލުކުރެވޭނެއެވެ.
v ނީލަން ކާމިޔާބު ކުރިފަރާތުން ނީލަން ކާމިޔާބުކުރި އަގަށްވާ ފައިސާ 20 ޑިސެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ 18:00 ގެ ކުރިން ހޮސްޕިޓަލްގެ ކައުންޓަރަށް ދައްކަންވާނެއެވެ. ނީލަން ކާމިޔާބު ކުރި ފަރާތަށް މުދާ ޙަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށް ފަހުގައެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާސް ކުރުމަށް ފަހުގައެވެ.
v ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާދައްކައި ޚަލާސް ނުކޮއްފިނަމަ، އެ މުދަލެއް އަލުން ނީލަން ކިއުމަށް އިޢުލާނު ކުރެވޭނެއެވެ.
