މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ކުނިކެހުމާ ގުޅޭ

 އަލިފުށީގެ އިޖްތިމާޢީ ސަރަޙައްދުތަކާއި މަގުތައް ކުނިކަހާސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

 

މަޢުލޫމާތު ސެޝަން: 

24 ޑިސެންބަރު 2025 ވާ ބުދަ ދުވަހު 11:30ގައި 

ބިޑް ރަޖިސްޓްރީ ކުރުން: 

 މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،2026 ޖަނަވަރީ 4 ވަނަ ދުވަހުގެ 10:00ގެ ކުރިން https://forms.gle/aLhswdgzFjHibkfYA  މިފޯމް ފުރިހަކޮށް ފޮނުންވުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހެޅުން: 

2026 ޖަނަވަރީ 4 ވަނަ ދުވަހު 11:00ށް (އަލިފުށީ ކައުންސިލްގެ އިދާރާގައި) 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން މެންދުރުފަހުގެ 14:00 އާ ދެމެދު މިއިދާރާގެ ނަންބަރު 6580021 ފޯނަށެވެ. 

އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. އަދި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުން އެދެމެވެ. 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

02   ރަޖަބު   1447 

22 ޑިސެންބަރު 2025
ހޯދާ