ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މިހޮސްޕިޓަލްގައި ބޭނުންކުރަމުންދާ ޖަނަރޭޓަރ އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:URH/IUL/2015/36ފ(29 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ނޮވެންބަރު 2015 ވަނަ ދުވަހުގެ 13:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ޑިސެންބަރު 2015 ވަނަ ދުވަހުގެ 13:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެންމެ ފަރާތެއްގެ ނަމުގައެވެ.
އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ބިޑްޑޮކިއުމަންޓް ފުރިހަމަނުވާ ފަރާތްތައް އަދި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
07 ޞަފަރު 1437