މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާއީ ސަރަހައްދުގެ ތެރެއިން މީހުން ދިރިނޫޅޭ މަގުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ރަށުގެ އިޖުތިމާއީ ސަރަހައްދުގެ ތެރެއިން މީހުން ދިރިނޫޅޭ މަގުތައް ކުނިކަހާ ސާފުކުރުމުގެ ކޮންޓްރެކްޓްތަކުގެ މުއްދަތު 31 ޑިސެމްބަރ 2025ގެ ނިޔަލަށް ހަމަވާތީ، 01 ޖަނަވަރީ 2026 އިން 31 ޑިސެމްބަރ 2026ގެ ނިޔަލަށް މި ރަށުގެ ތިރީގައިވާ މަގުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

v     ސާތިރުމަގު (ކުލަބްޔަންގްސްޓަރސް އިން ފެށިގެން އިރަށް)

v     ފިނިފެންމަގު (ޔުނިކް ގެއިން ފެށިގެން އިރަށް)

v     އަޙްމަދީ މަގު (ސިލްވަރގޭގެ ކައިރީ ހުޅަނގަށް އޮންނަ ސަރުކާރު ބިމުގެ އިރުމަތިފަޅިން އެއްބައި އަދި އެހިސާބުން ފެށިގެން ދެކުނަށް އަޙްމަދީމަގު، އަދި ގަބުރުސްތާނު އިރުމާތީ މަގާއި ދެކުނު މަގު ހިމެނޭގޮތަށް)

v     ނިކަގަސް މަގު

v     ހިތްފަސޭހަ މަގު (ސަރުކާރު ބޭނުމަށް ބާއްވާފައިވާ ބިމުގެ އުތުރުފަޅިން އެއްބައި، އަދި ކުރީގެ ފެނަކަ އިންޖީނުގެ ދެކުނު ފަޅީގެ މަގަށްވީ ބައި، ސްކޫލާއި ކުރީގެ ފެނަކަ އާއި ދެމެދު އޮންނަ ގޯޅި)

v     މިސްކިތްމަގު (ހިނަވާގެއިން ހުޅަނގަށް)

v     މާނެރު ބީޗް

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު  ކައުންސިލް އިދާރާގެ އީމެއިލް [email protected] ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 25 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް
  • މައުލޫމާތު ދިނުމުގެ ބައްދަލުވުން: 25 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގައި ފައިނު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި
  • ބީލަން ބަލައިގަތުން: 29 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 13.00 ގެ ނިޔަލަށް.
  • ބީލަންތައް ހުޅުވުން: 29 ޑިސެމްބަރ 2025 ގެ 13:05 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ.  ބީލަންތައް ހުންނަންވާނީ  ބަންދުކުރެވިފައިވާ  ސިޓީއުރައެއްގައެވެ.  މިކަމާ  ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން އިދާރާގެ ނަމްބަރު 4000311 އާއި ގުޅުއްވާ ނުވަތަ އީމެއިލް [email protected]  މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

22 ޑިސެންބަރު 2025
ހޯދާ