ދިވެހިރާއްޖެ
ލުއިސިނާއީ މަސައްކަތްތަކަށާއިވިޔަފާރިތަކަށް ދޫކުރެވޭ 3 ބިމާއި ގުޅޭ
އެކިއެކި ލުއި މަސައްކަތްތަކަށާއި ވިޔަފާރިތަކަށް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓްގައިވާ ސަރަހައްދުން 3 ބިން (10000 އަކަފޫޓުގެ ދެ ބިމާއި، 9387 އަކަފޫޓުގެ 1 ބިން ) 25 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފީމެވެ.
ވީމާ، މިބިންތައް ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ކުލީބިމަށް އެދޭފޯމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑްގަންނަފަރާތްކަމަށް (ބިޑްގަތުމަށް އެދޭ ފޯމް ގައި ބަޔާންކޮށްފައިވާ) ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
|
ތަފްޞީލް |
މުއްދަތު |
ގަޑި |
ތަން |
|
ކުލީބިމަށް އެދޭ ފޯމް ވިއްކުން (ކުލީބިމަށް އެދޭ ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 2000.00 ރުފިޔާއަށް ) |
28 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުން ފެށިގެން 07 ޖަނަވަރީ 2026 ވާ ބުދަ |
ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ފެށިގެން 12:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާއިން |
|
ބިޑު ހުށަހެޅުން ( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން ) |
14 ޖަނަވަރީ 2026 ވާ ބުދަ |
މެންދުރު 13:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ބިޑް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ބިޑްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. އަދި ކޮންމެ ބިމަކަށް ވިއްކާނީ ވަކި ފޯމެކެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ. އަދި ބިޑްފޯމްގަތުމަށްފަހު ބިޑްފޯމްގަތް ފައިސާ އަބުރާ ދެވެންނޯންނާނެ ވާހަކަ ދެންނެވީމެވެ.
މިއިއުލާނާއެކު ޗާޓް އަދި މަޢުލޫމާތު ކަރުދާސް ހިމަނާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
