ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހޮވައިގެން ގެނެސްފައިވާ ފައިސާގެ ވެރިފަރާތެއް ހޯދުމަށް
ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތެއް ހޯދުމާގުޅޭ
އަމިއްލަ ފަރާތަކުން މިކޯޓަށް ގެނެސްފައިވާ ފައިސާގެ ވެރިފަރާތެއް ހޯދުމަށް މިކޯޓުންކުރި ނަންބަރު Q2C-A/2025/05 (29 ޖެނުއަރީ 2025) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މިކޯޓަށް އެފައިސާއާގުޅޭގޮތުން އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާތީ، އަލުން އިޢުލާން ކުރަމެވެ.
ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއް 12 ޑިސެމްބަރ 2024 އަދި 25 އޮގަސްޓް 2024 ވަނަ ދުވަހު އާންމު ފަރާތަކުންވަނީ މިކޯޓާއި ޙަވާލުކޮށްފައެވެ. ވީމާ މިފައިސާތަކުގެ ވެރިފަރާތެއްވާނަމަ، ފުރިހަމަ ތަފްސީލް ބަޔާންކޮށް މިއަދު، 22 ޑިސެމްބަރ 2025 ވަނަ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމަކުން މިކޯޓަށް އެންގެވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ޑިސެންބަރު 2025
ހޯދާ
