|
މަޤާމު:
|
އިމާމް / މުދިމް
|
|
ބޭނުންވާ ޢަދަދު:
|
05 (ފަހެއް)
|
|
މަޤާމުގެ ގިންތި
|
ވަގުތީ
|
|
އޮފީސް / އިދާރާ:
|
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
|
|
ވަޒީފާ އަދާކުރަންޖެހޭތަން:
|
ތިލަދުންމަތީ އުތުރުބުރީ އުތީމު މިސްކިތްތައް
|
|
މަޤާމުގެ މުއްދަތު/ މަސައްކަތް ކުރަންޖެހޭ ވަގުތު
|
01 އަހަރު (31 ޑިސެމްބަރ 2026 ގެ ނިޔަލަށް)
( ދުވާލަކު 5 ގަޑި އިރު)
|
|
މަސައްކަތުގެ އުޖޫރަ
|
- މަސައްކަތާ ގުޅޭ ދާއިރާއަކުން ސަނަދެއް އޮތް ބޭފުޅެއްނަމަ ކުރާ ކޮންމެ ނަމާދަކަށް 61.00 ރުފިޔާގެ ރޭޓުން.
- މަސައްކަތާ ގުޅޭ ދާއިރާއެއްގެ ސަނަދެއް ނެތްނަމަ ކުރާ ކޮންމެ ނަމާދަކަށް 53.00 ރުފިޔާގެ ރޭޓުން.
- ރިޓަޔަރމަންޓް ޕެންޝަން : އަސާސީ މުސާރައިގެ %7
|
|
މަސައްކަތުގެ ޝަރުތު
|
އިމާމުވެ ނަމާދުކުރަން އެނގޭ އަދި އިމާމުވެ ނަމާދުކުރެވޭ ވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭ މީހަކަށްވުން.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- އުތީމު ކައުންސިލްގެ އިދާރާއިން އެއިރަކު ހަމަޖައްސަވާ މިސްކިތަކަށް ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށްގޮސް މިސްކިތުގެ ކަންތައްތައް ބަލާ ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުން.
- މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކޮންމެކަމެއް ރަށުކައުންސިލްގެ އިދާރާއަށް އަންގައި އެކަން ރަނގަޅު ކުރެވޭތޯ ބެލުން.
- ރަށުކައުންސިލްގެ އިދާރާއިން ނުވަތަ ރަށުގެ ވެރިން އަންގަވައިފި ހިނދެއްގައި މިސްކިތުގައި ކުރަންޖެހޭ ކަށުނަމާދު ކުރުމާއި، މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުން.
- މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމް ތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި ނިމެންދެން މިސްކިތުގައި މަޑުކުރުން.
- މިސްކިތު މަސައްކަތު މީހާ ހާޟިރުނުވާ ވަގުތެއްގައިނަމަ މިސްކިތު އިމާމު / މުދިމު މީހާ މިސްކިތުގެ އެތެރެ ސާފުކުރުމާއި ނަމާދުކޮށް ނިމިގެން ދަމުން ބޮކި، ހޮޅިބުރި އާއި ފަންކާ ނިއްވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.
- މިސްކިތުގައި މަސައްކަތު މީހުން މަސައްކަތްކުރާ ނުކުރާގޮތްބަލައި އެމީހުން ލައްވާ މަސައްކަތް ކުރުވުމާއި، ކުރާމަސައްކަތް ސްޕަރވައިޒް ކުރުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތަށް
|
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
- މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ.
- މަސައްކަތުގެ ހުނަރާއި ޤާބިލްކަން.
- އެހެން ވަޒީފާއެއް އަދާ ކުރާ މީހަކު ކަމުގައި ނުވުން.
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 30 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނަވޭނެއެވެ.
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 31 ޑިސެމްބަރ 2025 ގައި ހއ.އުތީމު ކައުންސިލްގެ އިދާރާގައެވެ.
|
|
އިތުރު މަޢުލޫމާތު
|
- މި މަޤާމުތަކަށް މީހުން ހޯދުމަށް ކުރެވޭ އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ފަހުން ހުށައަޅާ ފޯމްތަށް ބަލައެއް ނުގަނެވޭނެއެވެ.
- މި މަޤާމުތަކަށް ބޭނުންވާ ޢަދަދަށް ވުރެ އިތުރަށް މީހުން ކުރިމަތިލާފައިވާ ނަމަ އެފަރާތްތަކުގެ މެދުގައި އިންޓަރވިޔު ކުރެވި މިޕޫލަށް ނަގާނީ ޝަރުތު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަނގަޅު ފަރާތްތަކާއެވެ.
|