ދިވެހިރާއްޖެ
އިޢުލާން
އިޖުތިމާޢީ ސަރަޙައްދުތައް އައުޓްސޯސް ކުރުމާއިބެހޭ:
މި ކައުންސިލުން ސާފުކޮށް ބަލަހައްޓަމުން ގެންދާ ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް 01 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ބޭނުން ވެއްޖެއެވެ. މިކަމާގުޅޭ މަޢުލޫމާތު ދިނުން ދެގޮތަކަށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ ގޮތަކީ 25 ޑިސެމްބަރ 2025 ވަނަ ދުވަހު 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމެވެ. ދެވަނަ ގޮތަކީ 25 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި [email protected] މެއިލް މެދުވެރިކޮށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތްތަކަށް މިކައުންސިލުން މަޢުލޫމާތު ޝީޓް ފޯރުކޮށްދިނުމެވެ. ބީލަން ހުށަހެޅޭނީ އިސްވެ ދެންނެވުނު ދެގޮތުން ކުރެ ގޮތަކަށް މަޢުލޫމާތު ސާފުކުރައްވާފައިވާ ފަރާތްތަކަށް އެކައްޏެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް އޮންނަން ވާނެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 25 ޑިސެމްބަރ 2025 ވަނަ ދުވަހު 13:00 ގައި މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 29 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް މަޢުލޫމާތު ސީޓުގައި ހިމެނިފައިވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކާ އިޢުލާން ކުރީމެވެ.
22 ޑިސެމްބަރ 2025
