ދިވެހިރާއްޖެ
ހދ. ކުޅުދުއްފުށީ ސަރަޙައްދީ އޮފީސް ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުރި 4 ފާޚާނާ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މަސައްކަތުގެ މަޢުލޫމާތުޝީޓާއި އެހެނިހެން މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 23 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 23 ނޮވެންބަރު 2015
އަންދާސީހިސާބު ހުށަހަޅާ ގަޑި: 13:00
އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނުވަތަ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު
މި ޑިޕާޓްމަންޓްގެ ނަންބަރު: E/2015/98-ފ198 (04 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާނު ބާޠިލު ކުރެވިފައިވާވާހަކަ ދެންނެވީމެވެ.
04 ޞަފަރު 1437