ދިވެހިރާއްޖެ
ދިވެހިރާއްޖެ،
ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް P177040
ކޮންޓްރެކްޓް: މޮބައިލް ބްރޯޑްބޭންޑް ޚިދުމަތުގެ ފެންވަރު މޮނިޓަރ ކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ގަތުމުގެ ކޮންޓްރެކްޓް
ގްރާންޓް ނަންބަރު: E047-MV
ރިފަރެންސް ނަންބަރު: MV-MoECCT-DMADD-528835-GO-RFB
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓަށް ލިބިފައިވާ ފައިސާގެ ތެރެއިން ބައެއް މޮބައިލް ބްރޯޑްބޭންޑް ޚިދުމަތުގެ ފެންވަރު މޮނިޓަރ ކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމަށް ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މޯބައިލް ބްރޯޑްބޭންޑް ޚިދުމަތުގެ ކޮލިޓީ މޮނިޓަރ ކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ހުޅުވާލަމެވެ.
މި ބީލަމަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ވާރލްޑް ބޭންކުގެ "ޕްރޮކިއުމަންޓް އައި.ޕީ.އެފް ލޯނު ނަގާ ފަރާތްތަކުގެ ގަވާއިދުތައް" ހަތްވަނަ އެޑިޝަން - ސެޕްޓެމްބަރ 2025 ("ޕްރޮކިއުމަންޓް ރެގިއުލޭޝަންސް") އަދި ޕްރޮކިއުމަންޓް ރެގިއުލޭޝަންގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރިކުއެސްޓް ފޯ ބިޑްސް (އާރް.އެފް.ބީ) އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ބީލަން ވަޒަން ކުރާނީ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ ބީލަން ވަޒަންކުރުމުގެ މިންގަނޑުތަކަށްށެވެ. ރޭޓެޑް ކްރައިޓީރިއާ (ޓެކްނިކަލް %30 އަދި އަގަށް %70) ބޭނުން ކޮށްގެނެވެ.
ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދެއްވުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އިބްރާހިމް ވަހީދު، [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.
ބީލަން ހުށަހަޅާނީ 2026 ފެބުރުވަރީ 9 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ތިރީގައި ދަންނަވާފައިވާ އެޑްރޭހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
ބީލަން ހުށަޅާ ސިޓީ އުރައިގެ ބޭރުގައި 'އޮރިޖިނަލް ބިޑް" ޖަހަންވާނެއެވެ. އަދި އެތެރޭގައި 2 ސިޓީއުރަ ހިމެނޭގޮތަށް 'ޓެކްނިކަލް ޕާރޓް" ޖަހާފައިވާ ސިޓީއުރަ ބީލަންވެރިންގެ ހާޒިރުގައި 2026 ފެބުރުވަރީ 9 ވާ ބުރާސްފަތި ދުވަހުގެ 11:00 ހުޅުވާނެއެވެ. އަދި 2 ވަނަ ސިޓީއުރަ 'ފައިނޭންޝަލް ޕާރޓް' ނުހުޅުވާ ފޮރުވާފައި 2 ވަނަ ހުޅުވުމަށް ބާއްވާނީއެވެ.
މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި -/15,420.00ރ (ފަނަރަ ހާސް ހަތަރު ސަތޭކަ ވިހި ރުފިޔާ) ނުވަތަ އެ އަދަދާ އެއްވަރުގެ ޔޫއެސް ޑޮލަރު ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 140 ދުވަހެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުންގެ ސަމާލުކަމަށް، ވޯޑް ބޭންކްގެ ޕްރޮކިއުމަންޓް ރެގިއުލޭޝަންގެ ދަށުން ބީލަން ކާމިޔާބު ކުރާފަރާތުގެ ބެނެފިޝަލް އޯނަރޝިޕް ޑިސްކްލަޝަން ފޯމު (ބިޑިންގް ޑޮކިއުމަންޓް) ގައިވާ މައުލޫމާތު އާންމު ކުރާނެއެވެ.
ޕްރޮޖެކްޓް މެނޭޖަރ
ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް،
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ،
ކަލާފާނު ހިނގުން، މާލެ 20064، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.mohst.gov.mv/dmadd.gov.mv
ފޯނު ނަންބަރު: 3302253(960)+
