ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީން ތައްޔާރުކުރާ ފޮތްތަކުގެ ލޭއައުޓް ތައްޔާރު ކޮށްދޭނެ ފަރާތެއް އެއްއަހަރުދުވަހަށް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)142-A5/142/2025/243 (02 ޑިސެންބަރު 2025) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑުހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ތިރީގައިވާ މަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.
މިނިސްޓްރީން ތައްޔާރުކުރާ ފޮތްތަކުގެ ލޭއައުޓް އަދި ކަވާރ ޕޭޖު ތައްޔާރު ކޮށްދޭނެ ފަރާތެއް ތިންއަހަރުދުވަހަށް ހޯދުމަށް ބޭނުންވެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްހީރަސް ކުރެވިފައިވާނެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 ޑިސެންބަރު 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
https://forms.office.com/r/twBfpwW2CL
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ޑިސެންބަރު 29 ވާ ހޯމަ ދުވަހުގެ 10:30 ގައެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2025 ޑިސެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020252 3020261 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
