ދިވެހިރާއްޖެ
މި ކައުންސިލާއި އަލިމަސް އިންސްޓިޓިއުޓް ގުޅިގެން، ރަށުގެ މުވައްސަސާތަކާއި، އާންމުންނަށް ހުޅުވާލައިގެން ވާހަކަދެއްކުންތެރިކަމުގެ ހުނަރުވެރިކަން (ޕަބްލިކް ސްޕީކިންގ) ތަރައްގީކޮށް، ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އެއްގޮތަށް ވާހަކަދެއްކުމާއި އަދި ބަހުގެ ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި ވާ ލިންކް މެދުވެރިކޮށް 24 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓް ކުރެއްވުން އެދެމެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/By4wCPncAy
ރަޖިސްޓްރޭޝަން ސުންގަޑި: 24 ޑިސެމްބަރ 2025، 14:00
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ ނަންބަރ 6560013 އަށް ގުޅުއްވާ މަޢުލޫމާތު ސާފު ކުރެއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
