މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫގައި ކުރިއަށްދާ ފެނާ ނަރުދަމާގެ މަސައްކަތާއި ގުޅޭ

ނ. ކެނދިކުޅުދޫގައި ފެނާ ނަރުދަމާގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، ފެނާ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ކަންބޮޑުވުމެއްވާނަމަ، 25 ޑިސެމްބަރ 2025، ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.

ވުމާއެކު، ފެނާއި ނަރުދަމާގެ މައްސަލަތައް ހުށަހެޅުމަށް މި ކައުންސިލުގެ (6560013) ނަންބަރަށް ގުޅުއްވާ ނުވަތަ ([email protected]) އީމެއިލް ކުރެއްވުން އެދެމެވެ. މީގެއިތުރުން ކައުންސިލް އިދާރާގެ ކައުންޓަރަށް ދުރުވެ، އެ މައުލޫމާތު މި އިދާރާއާއި ހިއްސާކޮށްދެއްވުން އެދި ދެންނެވީމެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ހަސަން މުޙައްމަދު (ކައުންސިލް ނައިބު ރައީސް) 9951015 ނުވަތަ އަބްދުﷲ މަޙްމޫދު (އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް) 9955771 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

21 ޑިސެންބަރު 2025
ހޯދާ