މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމްޕްލޯއިމަންޓް އޭޖެންސީ ހިންގުމުގެ ހުއްދަ ބާޠިލްކުރުމާއި ގުޅޭ
އިޢުލާން
"ޖަސްޓް ފޯ މާކިން ޕްރައިވެޓް ލިމިޓެޑް، ރަޖިސްޓްރޭޝަން ނަންނބަރު: C-0758/2012" ގެ ފަރާތުން ރަޖިސްޓްރީކޮށްފައިވާ އެމްޕްލޯއިމަންޓް އެޖެންސީ (ޖަސްޓް ފޯ މާކިން، ލައިސަންސް ނަންބަރު: EAA-2022-0008) ހިންގުމުގެ ހުއްދަ ބާޠިލުކޮށްދިނުމަށް އެދި "ޖަސްޓް ފޯ މާކިން ޕްރައިވެޓް ލިމިޓެޑް" އިން ވަނީ މި މިނިސްޓްރީއަށް ހުށަހަޅާފައެވެ.
ވީމާ، މަތީގައި މި ދަންނަވާފައިވާ ކުންފުނީގެ ފަރާތުން ނުވަތަ އެމްޕްލޯއިމަންޓް އޭޖެންސީއެއްގެ ހައިސިއްޔަތުން ކުރައްވާފައިވާ މުޢާމަލާތްތަކާ ގުޅޭގޮތުން އެއްވެސް މައްސަލައެއް އޮތްނަމަ، 28 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ލިޔުމަކުން މިނިސްޓްރީއަށް ހުށަހެޅުއްވުމަށް އެދި ދެންނެވީމެވެ.
02 ރަޖަބް 1447
21 ޑިސެންބަރު 2025
ހޯދާ
