މާފުށީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
GS143/IUL/2025/016 ވަނަ އިޢުލާން ބާތިލްކޮށް އަލުން ސްކޫލް ކުލާސްރޫމް އާއި، ހޯލް މަރާމާތުކުރުމަށް އިޢުލާނުކުރަމެވެ.
- ސްކޫލް ކުލާސްރޫމް އާއި، ހޯލް މަރާމާތު މަރާމާތުކުރަންބޭނުންވެއެވެ. ވީމާ މިކަމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރ 21 ން 2025 ޑިސެމްބަރ 22 ގެ ނިޔަލަށް މިސްކޫލްގެ މެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް" އިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާނެއެނެ. އަދި މާފުށީސްކޫލުން ލިބިލައްވާނެއެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން ބާއްވާ ޕްރިބިޑްމީޓީން އޮންނާނީ 2025 ޑިސެމްބަރ 23 ވަނަ ދުވަހުގެ 13:00 ގައި މާފުށީސްކޫލް އޮފީހުގައެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025ޑިސެމްބަރ 23 ވަނަ ދުވަހުގެ ކުރިން ސްކޫލްގެ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 28 ވަނަ ދުވަހުގެ 11:00 ގައިމާފުށީ ސްކޫލް އޮފީހުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- 9. މާފުށީ ސްކޫލް / ކ.މާފުށި، ހަވީރީހިނގުން
- ފޯނުނަންބަރު 7920287
- އީމެއިލް: [email protected]
01 ރަޖަބް 1447
21 ޑިސެންބަރު 2025
ހޯދާ
