މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނައަހަރު ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުން

1447 ވަނަ އަހަރުގެ ރަމަޟާންމަހު ނ. މަގޫދޫ މަސްޒިދުލް އިސްރާ މިސްކިތުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ކޯޓޭޝަން ހުށައެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ މެއިލްކުރައްވާނީ  [email protected] އަށެވެ.

 

ޙާފިޡު ގެންނަ ފަރާތުން އެ ފަރާތުގެ ޚަރަދުގައި ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.

1- ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.

2- ހާފިޡު ރާއްޖެއަށް ގެނައުމާއި އަނބުރާ ގައުމަށް ފޮނުވުން

3- ހާފިޡު މާލެއިން ރަށަށް ގެނައުމާއި ރަމަޟާންމަސް ނިމުމުން މާލެއަށް ގެންދިއުން.

4-  ޙާފިޡު މާލޭގައި ހުންނަ ދުވަސްތަކުގެ ހުރުމާއި ކެއުމުގެ އިންތިޒާމު ހަމަޖެއްސުން

5- ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.

6- ޙާފިޡު އިންޝުއަރ ކުރަންޖެހޭނަމަ އިންޝުއަރކުރުން

7- ޙާފިޡަށް ދޭންޖެހޭ އެލަވަންސް ދިނުން

 

                  މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ މިއިދާރާގެ ނަންބަރު 6560031 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 ޑިސެންބަރު 2025
ހޯދާ