ދިވެހިރާއްޖެ
އިޢުލާން
އިމާރާތެއް ކުއްޔަށް ހިފުމާބެހޭ
މި ކުންފުންޏަށް ޅ.ނައިފަރު އިން އޮފީސް އިމާރާތަކަށް ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 26 ނޮވެންބަރު 2015 ވަނަ ދުވަހުގެ 16:00 ގެކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް މި ކުންފުނީގެ ޅ.ނައިފަރު ޕޯސްޓް އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 26 ނޮވެންބަރު 2015ވަނަ ދުވަހުގެ 16:00ގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
އިމާރާތް ހޯދަން ބޭނުންވާ ރަށް:
- ޅ.ނައިފަރު
ކުއްޔަށް ހިފަން ބޭނުންވާ އިމާރާތާއި ބެހޭ ތަފުސީލު
- އިމާރާތުގެ ބޮޑުމިން ބަޔާން ކުރުން
- ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
- ޢިމާރާތުގެ ރަޖިސްޓަރީ ކޮޕީ ހުށަހެޅުން
- ޢިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން
- ޢިމާރާތުގެ ކުލި ބަޔާން ކުރުން
- ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު.
ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަޖެހޭ ކަންތައްތައް
- ޢިމާރާތުގެ ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން .
- ޢިމާރާތުގައި ވަކިން ފޯންލައިން އަޅާފައި ހުރުން.
- ޢިމާރާތުގައި ވަކިން ފާޚާނާ ހުރުން.
- ޢިމާރާތަކީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ޢިމާރާތަކަށްވުން.
- ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާގޮތަށް ހޯދޭ ޢިމާރާތަކަށްވާތީ ޢިމާރާތުގެ ޚިދުމަތްދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
- ރަށުގެ ރަނގަޅު ހިސާބެއްކަމުގައިވުން (މައި މަގަށް ވާގޮތަށް ހުންނަ ތަނެއްކަމުގައިވުން).
ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:
- ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން
މި ބިޑާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.
- އަގު: %50
- ކުއްޔަށްދޭ މުއްދަތު: %20
- ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30
05 ޞަފަރު 1437