މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖު އުސޫލުން ޕޫލަށް މީހުން ނެގުމާއި ބެހޭ:

01 ޖަނަވަރީ 2026 އިން 31 ޑިސެންބަރު 2026 ގެ ނިޔަލަށް މިރަށު މިސްކިތު ޢިމާމުން އަދި މަސައްކަތު މީހުން ސަލާމް ބުނުމުންނާއި ޗުއްޓީ ނެގުމުން، ވޭޖު އުޞޫލުން މަސައްކަތްކުރުމަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް ޕޫލް އެކުލަވާލުމަށް ބޭނުންވެއެވެ.

#

މަޤާމް

ވަޒީފާގެ ޝަރުތު

އުޖޫރަ

1

އިމާމް

މުދިމް ކަމުގެ ސަނަދު ނުވަތަ އިމާމްކަމުގެ ސެޓްފިކެޓް ލިބިފައިވުން

ކޮންމެ ނަމާދު ވަގުތަކަށް -/61

2

މުދިމް

ޤުރުއާން ރީއްޗަށް ކިޔަވަން އެނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން.

ކޮންމެ ނަމާދު ވަގުތަކަށް -/53

3

މަސައްކަތު މީހުން

ލިޔަން ކިޔަން ދަތުމާއި އެކު މަޤާމްގެ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލްކަން ލިބިފައިވުން.

ކޮންމެ ނަމާދު ވަގުތަކަށް -/45

ވީމާ މިޕޫލްގައި ރަޖިސްޓްރީވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 31 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިސިޓީއާއި އެކު ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 ޑިސެންބަރު 2025
ހޯދާ