މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތްތައް ހޯދުން
2026 ވަނަ އަހަރު މިރަށު އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށްޝައުޤުވެރިވާ، ޢުމުރުން 18 އަހަރުންމަތީގެ ފަރާތްތަކަށް ނަންހުށަހެޅުމުގެ ފުރުޞަތު، ހުޅުވާލަމެވެ. މިކަމަށް އެދޭ ފަރާތްތަކުން މި އިދާރާއިން ދޫކުރާ ފޯމު ފުރިހަމަކުރުމަށް ފަހު، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 11:00 އަށް މި އިދާރާއަށް ހުށަހަޅަމުން ގެންދިއުން އެދެމެވެ. މިކަމަށް ޚާއްޞަކޮށްފައިވާ ފޯމު ދޫކުރުމާއި ބަލައިގަތުން 21 ޑިސެމްބަރ 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 25 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި އިދާރާގައި އޮންނާނެ އެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ޖުމާދަލްއާޚިރާ 1447
18 ޑިސެމްބަރ 2025
18 ޑިސެންބަރު 2025
ހޯދާ
