ދިވެހިރާއްޖެ
އިއުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މޯލްޑިވްސް މީޓިއޮރޮޮލޮޖިކަލް ސަރވިސްއަށް 02 ކޮމްޕިއުޓަރ ސިސްޓަމް (02 ހައި އެންޑް ކޮމްޕިއުޓަރ ސިސްޓަމް) ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން 2015 އޮކްޓޫބަރު 27 ވަނަ ދުވަހު ކުރެވުނު ނަމްބަރ MMS-A/2015/22 ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލު، މިކަމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
މި އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށައެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރި ނުވަތަ ކުންފުނިތަކަށެވެ.
Minimum Requirement |
Feature |
Intel® Xeon® Processor E3-1241 v3 (Quad Core HT 3.50GHz, 3.9Ghz Turbo, 8MB) |
Processer |
16GB (4x4GB) 1600MHz DDR3 RAM |
Memory |
Integrated SATA 3.0 Gb/s Controller supported |
Storage Controller |
2 x 1TB SATA-II Hard Disk Drive, 7200 PRM |
Internal Storage |
DVD Writer 16X |
Optical Drive |
Integrated 10/100/1000Mbps Gigabit Ethernet Controller |
Network |
2 x NVIDIA Quadro 4000 2GB PCI Express 2.0 x16 GDDR5 DVI-I |
Video Card |
4 x 22” OLED display |
Monitor |
2 PCI Express ×1 Gen 2 Slot OR 2 PCI Express ×16 Gen2 slot (dedicate for graphic card) |
Expansion Slot |
|
Standard I/O Port |
USB keyboard with US layout English (QWERY) |
Keyboard |
USB 2-Bottom Optical Scroll Mouse |
Mouse |
220/240 Ac, 50-60Hz |
Power Supply |
Open SUSE v 13.1 or latest (64Bit) |
Operating System |
Parts Warranty: Minimum 1 Years Services Warranty: Minimum 1 Years |
Warranty |
އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންވީ ތަކެތި:
- ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އޮފީހަށް ތަކެތި ސަޕްލައިކޮށްދެވޭނެެ އަގު ޖީ.އެސް.ޓީ ހިމަނައިގެން
- ސަޕްލައި ކޮށްދެވޭނެ މުއްދަތު (ބަންދު ދުވަސްތައް ހިމަނައިގެން)
- ޓެކްނިކަލް ސްޕެސިފިކޭޝަން
- ހުށައަޅާފައިވާ އަންދާސީހިސާބުގެ ވެލިޑިޓީ އަށް މަދުވެގެން 45 ދުވަސް ހިމަނަންވާނެއެވެ.
- ވިޔަފާރި/ކުންފުނީގެ މަޢުލޫމާތު (ވިޔަފާރި/ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ، މި މަސައްކަތުގައި ވިޔަފާރި/ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު، ފޯނު ނަންބަރު)
އަންދާސީހިސާބަށް ޕޮއިންޓް ދެވޭ ގޮތުގެ ތަފުސީލު:
(1) އަގަށް: 80 ޕޮއިންޓް
ހުށަހެޅި އެންމެ ކުޑައަގު 80
(2) މުއްދަތު: 10 ޕޮއިންޓް
ހުށަހެޅުނު އެންމެ ކުރު މުއްދަތު 10
(3) ތަޖުރިބާ: 10 ޕޮއިންޓް
މި ބަޔަށް މާކްސް ދެވޭނީ ގިނަވެގެން 5 ލިޔުމަށް ނުވަތަ މަސައްކަތަށެވެ. ކޮންމެ ލިޔުމަކަށް ނުވަތަ މަސައްކަތަކަށް ދެވޭނީ 2 މާކްސްއެވެ. މާކްސް ދެވޭނީ ގުޅުންހުރި ދާއިރާތަކުން ކޮށްފައިވާ ސަރުކާރު އޮފީސް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތަކަށެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
- އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް
- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ، ކ.ހުޅުލެ
- "މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް 2 ހައި އެންޑް ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކުރުމާ ބެހޭ"
- އިޢުލާން ނަންބަރު: MMS-A/2015/23
އަންދާސީހިސާބު ހުޅުވުން:
- ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2015 ނޮވެމްބަރު 26 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
- އަންދާސީހިސާބުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2015 ނޮވެމްބަރު 62 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އޮފީހުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9178798 ނަންބަރު ފޯނަށެވެ.