ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ބޭންކް އޮފް މޯލްޑިވްސް ޕލކގެ ބޭނުމަށް އެޕްސަން ޕްރިންޓާރ ކޭޝް ރެޖިސްޓާރ ރޯލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ތަކެތި ސަޕްލައިކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަަންނަވާނަމަ ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ބޭންކުގެ ސީޓްރެކްސް ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ބޭންކުގެ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚު |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
26 ނޮވެންބަރު 2015 |
ބުރާސްފަތި |
ހެނދުނު 11:00 |
އަންދާސީހިސާބު ހުށަހެޅުން |
06 ޑިސެންބަރު 2015 |
އާދީއްތަ |
ހެނދުނު 11:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމަންޓްތައް މި ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
05 ޞަފަރު 1437