ދިވެހިރާއްޖެ
2020 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް މޯލްޑިސްވް، އެންޑް އާރޓްސް ސެންޓަރުން ކުރިއަށް ގެންދާ މުބާރާތް، "މަދަހަ ރަންއަޑު" މުޅިރާއްޖެއަށް ހުޅުވާލައިގެން މިއަހަރުވެސް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 17 ފެބްރުއަރީ 2026 އިން 19 މާރޗު 2026 އަށެވެ. މި މުބާރާތުގައި ބައިވެރިވެވޭނެ އުމުރުފުރާތަށް ތިރީގައި އެވަނީއެވެ.
- 6 އަހަރުން ދަށް
- 9 އަހަރުން ދަށް
- 11 އަހަރުން ދަށް
- 13 އަހަރުން ދަށް
- 16 އަހަރުން ދަށް
- 18 އަހަރުން ދަށް
- 18 އަހަރާއި 35 އަހަރާއި ދެމެދު
މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 10 ޖަނަވަރީ 2026 އެވެ. މުބާރާތުގެ ޝޫޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި މިއުޒިކް އެންޑް އާރޓްސް ސެންޓަރުގެ ސްޓޫޑިއޯގައެވެ. އަދި މީގެ އިތުރުން މި މުބާރާތުގައި ވާޗުއަލްކޮށްވެސް ބައިވެރިވެވޭނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ތިރީގައިވާ ގޫގުލް ފޯމް ފުރުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ސެންޓަރުގެ 9990997 ނުވަތަ 7316256 ނަންބަރު ފޯނަށް ގުޅުއްވުމުން ނޫނީ ވައިބަރ މެދުވެރިކޮށް މެސެޖްކުރެއްވުމުން، އިތުރު މަޢުލޫމާތު ޙިއްސާ ކުރެވޭނެއެވެ.
ފޯމް: https://docs.google.com/forms/d/e/1FAIpQLSfewii25DH2BUKptARmiQIDBiOY7j8uUG7xttj0quHADUQkhg/viewform
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
