މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެ މިސްކިތު ގޯތި ތެރޭގައި ހުރި ރުއް ކެނޑުމަށްފަހު ގަސް އިންދައިދޭނެ ފަރާތެއް ހޯދުމަށް (ދެވަނަ އިޢުލާން)

ދެ މިސްކިތު ގޯތި ތެރޭގައި ހުރި ރުއް ކެނޑުމަށްފަހު ގަސް އިންދައިދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާން (ނަންބަރު: (IUL)304-EDS/304/2025/59) ބާޠިލު ކުރުމަށްފަހު އަލުން ޢިއުލާން ކުރީމެވެ.  ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2025ޑިސެމްބަރ 18 ވަނަ ދުވަހުން ފެށިގެން 2025 ޑިސެމްބަރ 23 ވާ އަންގާރަ ދުވަހުގެ 11:00 ގެ ނިޔަލަށް މިއިދާރާގެ ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދެމެވެ. އަދި ރަޖިސްޓްރީ ވުމަށް ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރަށް ހުށަހަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ. 

 

ތާރީޚް

ދުވަސް

ގަޑި

ޕްރީ ބިޑް މީޓިންގ

23 ޑިސެމްބަރ 2025

އަންގާރަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

29 ޑިސެމްބަރ 2025

ހޯމަ

11:00

 

ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.  

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

18 ޑިސެންބަރު 2025
ހޯދާ