ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކޫލް ސްކޫލްގެ ޕްރޮޖެކްޓްގެ ދަށުން ހދ. ޢަފީފުއްދީން ސްކޫލްގެ ހޯލް އަދި ކުލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް
1. ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މިސްކޫލު އެއަރކަންޑިޝަން ކުރުމަށްޓަކައި މިސްކޫލްގެ ކުލާސްރޫމްތަކާއި ހޯލްގެ ބޮޑުދޮރުތަކާއި، ކުޑަދޮރުތައް އަދި ފެންލައިޓްތަކާއި ސީލިންގުގައި ކުރަންޖެހޭ މަރާމާތުތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެންބަރު 18 ން 2025 ޑިސެންބަރު 24 ވަނަ ދުވަހުގެ 12:00 ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/8Da2cKAUyww6Gii46
4. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެންބަރ 24 ވަނަދުވަހުގެ 12:00 ގެ ކުރިން ކުރިން މި އިޢުލާނުގެ 9 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެންބަރު 29 ވަނަ ދުވަހުގެ 13:30ގައި ޢަފީފުއްދީން ސްކޫލްގައެވެ.
6. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
7. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޢަފީފުއްދީން ސްކޫލު / ހދ. ކުޅުދުއްފުށި
- ފޯން: 6528041
- އީމެއިލް: [email protected]
