މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނައަހަރު ވޭޖް އުސޫލުން މަސައްކަތްކުރުމަށް އިމާމު ، މަސައްކަތު މީހުން އަދި ޚުކުރުކުރުމަށް މީހުން ހޯދުމާއިބެހޭ

        މިރަށު މިސްކިތްތަކުގެ އިމާމުން ، މުދިމުން އަދި މަސައްކަތު މީހުން ޗުއްޓީ ނެއްގެވުމާއި ގުޅިގެން ވޭޖްގެ އުސޫލުން މަސައްކަތްކުރައްވާނެ ފަރާތެއް ހޯދުމަށާއި ޚުކުރު ކުރައްވާނެ ބޭފުޅުން ހޯދުމަށް ބޭނުންވެއްޖެއެވެ.

އިތުރު ޢިނާޔަތްތައް:    ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ފަރުޟު ފަސްނަމާދު، ކޮންމެ ނަމާދު ވަގުތު ޖެހުމުގެ ކުރިން ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތަށް ހާޒިރުވެ މިސްކިތުގެ ކަންތައްތައްބަލައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދުގެ ވަގުތަށް ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.

2- ދުވަހު ހާޒިރީގައި ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު ކަމެއް ދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރުވެރިވާނަމަ، ނުވަތަ ސަލާމުގެ ޗުއްޓީގައި ހުންނަ ދުވަހެއްނަމަ، އެ ދުވަހުގެ ބާކީ އޮތްބައި ފުރިހަމަކުރުމަށް، ކީރިތި ޤުރްއާން ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން ދަންނަ، އަޑުހަރުކޮށް ބަންގިގޮވޭފަދަ ޤާބިލުމީހަކާ، މިސްކިތުގައި އިމާމުވެ ނަމާދުކުރަން ހަވާލުކޮށްފައި، ކައުންސިލް އިދާރާއަށް އެކަން އެންގުން.

3- މިސްކިތު މަސައްކަތު މީހުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.

4- މިސްކިތަށް ލިބޭ ގެއްލުންތަކާއި، ދަތިވާ ކަންކަން ކައުންސިލްގެ އިދާރާއަށް ހުށަހަޅައި އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުން.

   5- މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުން

6-      ރަށުއޮފީހުން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ރަށުއޮފީހުން ކަނޑައަޅާ މިސްކިތެއްގައި އިމާމު / މުދިމު އަންގާ ގޮތެއްގެމަތީން މަސައްކަތްކުރުން.

7-      ރަށުއޮފީހުން އިންތިޒާމުކުރާ ގޮތެއްގެމަތީން މިސްކިތް ފޮޅާ ސާފުކުރުމާއި ފާހާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާއިވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން ( މީގެތެރޭގައި މިސްކިތުގެ ގޯތިތެރޭގައި ހުންނަ ޤަބުރުސްތާނުތައް ނުހިމެނެއެވެ. )

8-      މިސްކިތުގެ ވަޅުދިޔަ ހިއްކާ ސާފުކުރުން .

9-      އިމާމު / މުދިމު އަންގާގޮތެއްގެ މަތީން ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި ، ފަންކާ ، ކަބަޑުތައް ފޮޅާ ސާފުކުރުން. އަދި ހޯޅީބުރިތަކާއި ފަންކާތައް އޮފީހުން ހަމަޖައްސާ އުސޫލަކުން ދިއްލުމާއި ނިއްވުން.

10-  މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން މުދިމު / އިމާމު އަށާއި ރަށުއޮފީހަށް އަންގަމުން ގެންދިޔުން.

11-  ރަށުއޮފީހުންނާއި އިމާމު / މުދިމު ހަމަޖައްސާގޮތެއްގެ މަތީން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.

        ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 24 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ  ކުރިން ސިޓީ ފޮނުއްވުން އެދެމެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޑިސެންބަރު 2025
ހޯދާ