ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުލާސްރޫމްތައް އޭސީކުރުމުގެ ކުރިން ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

ދ.އަތޮޅު ތަޢުލީމީ މަރުކަޒު

 

ދ. ކުޑަހުވަދޫ،

   ދިވެހިރާއްޖެ.

                                                                      އިޢުލާން ނަންބަރ: (IUL)GS24/2025/38

ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުލާސްރޫމްތައް އޭސީކުރުމުގެ ކުރިން ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  ކޫލް ސްކޫލް މަޝްރޫއުގެ ދަށުން ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކްލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމަތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފަރާތްތަކުން، 22 ޑިސެންބަރ 2025  ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް،  ބިޑް ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

ބީލަން ރަޖިސްޓްރޭޝަން ލިންކް:https://forms.gle/soM2x3NXMaEft4jx8  

 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00  ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  25 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

   މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ. މިޕްރޮޖެކްޓާއި ބެހޭގޮތުން މަސައްކަތް ކުރަންޖެހޭ ތަނާއި މަސައްކަތްތައް 18 ޑިސެންބަރު 2025 އިންފެށިގެން 22 ޑިސެންބަރު 2025ގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:30 އިން 15:00 އާ ދެމެދު މިސްކޫލަށް ވަޑައިގެން ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  1.  

ދ. އަތޮޅު ތަޢުލީމީ މަރުކަޒު

ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ

ފޯން: 7952914

އީ-މެއިލް: [email protected]

 

 

17 ޑިސެމްބަރ 2025

17 ޑިސެންބަރު 2025
ހޯދާ