މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފެނުގެ ނިޒާމުގެ ޑިޒައިން މަސައްކަތް
ޕްރޮޖެކްޓް ނަންބަރު: TES/2015/C-14
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ލ. ގަން، ހދ. ވައިކަރަދޫ، ހދ. މަކުނުދޫ، ހދ. ކުމުންދޫ، ހދ. ނެއްލައިދޫ އަދި ހދ. ނޮޅިވަރަމްގައި ޤާއިމުކުރާ ފެނުގެ ނިޒާމުގެ ޑިޒައިން މަސައްކަތް
- ލ. ގަން، ހދ. ވައިކަރަދޫ، ހދ. މަކުނުދޫ، ހދ. ކުމުންދޫ، ހދ. ނެއްލައިދޫ އަދި ހދ. ނޮޅިވަރަމްގައި ލޮނުފެނުން މީރުފެން އުފައްދާ އާރް.އޯ ޕްލާންޓާއި ފެން ރައްކާކުރާ ޓޭންކް ބަހައްޓައި އިޖުތިމާޢީ އިސްކުރުބަރީގެ އެހީގައި ފެން ފޯރުކޮށްދޭ ނިޒާމެއް ޤާއިމުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ކުރިއަށްގެންދާ މަޝްރޫޢަށް ބޭނުންވާ ފައިސާ އޮޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އެހީގެ ދަށުން ވަނީ ހަމަޖެހިފައެވެ.
- މި މަސައްކަތްތަކުގެ ތެރޭގައި ޕްލިމިނަރީ ޑިޒައިނާއި ޑީޓެއިލްޑް ޑިޒައިން ހެދުން އަދި ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) ހެދުން ހިމެނެއެވެ.
- މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.
- ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2015 ޑިސެންބަރު 10ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުން އެދެމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ،
ޓެލެފޯން: 3349102
ފެކްސް: 3320706 ، 3324432
އީމެއިލް: [email protected]
ކޮޕީ: [email protected]
12 ނޮވެންބަރު 2015
ހޯދާ
