މާއެނބޫދޫ ސްކޫލް
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން މިސްކޫލް އެއަރކަންޑިޝަންކުރުމަށް ކުރަންޖެހޭ މަރާމާތުތައް ކުރުން

    ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން މިސްކޫލް އެއަރކަންޑިޝަންކުރުމަށް ކުރަންޖެހޭ މަރާމާތުތައްކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.  ވީމާ،  މިމަރާމާތުތައް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

    މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

    މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 ޑިސެންބަރު 18 ން 2025 ޑިސެންބަރު 23 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:30 އަށް މިސްކޫލުގެ މިސްކޫލުގެ އިދާރާއަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް، މައުލޫމާތު ސާފުކުރާ ފަރާތުގެ ނަމާއި ކުންފުނި / ވިޔަފާރީގެ ނަން އަދި ގުޅޭނެ ފޯނުނަންބަރު މިސްކޫލުގެ އީމެއިލް އެޑްރެހަށް ފޮނުވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

    މައުލޫމާތު ދިނުން އޮންނާނީ 2025 ޑިސެންބަރު 23 ވަނަ ދުވަހުގެ 13:45 ގައި މާއެނބޫދޫ ސްކޫލްގެ އިދާރީ އޮފީހުގައެވެ.

    މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެންބަރު 23 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި މާއެނބޫދޫ ސްކޫލުގެ އިދާރީ އޮފީހަށް ދުރުވެ ސާފުކުރުމަށް ދަންނަވަމެވެ. ނުވަތަ ތިރީގައި އެވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

    ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެންބަރު 25 ވަނަ ދުވަހުގެ 11:00 ގައި މާއެނބޫދޫ ސްކޫލުގެ އިދާރީ އޮފީހުގައެވެ.

 

މިމަސައްކަތާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާއެނބޫދޫ ސްކޫލް އޮފީސް

މާއެނބޫދޫ ސްކޫލް

ނައިބުތުއްތުމަގު

ދ. މާއެނބޫދޫ، ދިވެހިރާއްޖެ.

ފޯން:    6760608

އީ-މެއިލް: [email protected]

17 ޑިސެންބަރު 2025
ހޯދާ