ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ރަތަފަންދޫގެ ކުޑަކުދިންގެ ޕާކަށް އަލަށްގެނެވުނު ސާމާން ހަރުކުރުމުގެ މަސައްކަތް

ގދ ރަތަފަންދޫ ކުޑަކުދިންގެ ޕާކް އަލަށްގެނެވުނު ސާމާން ހަރަކުރުމުގެ މަސައްކަތް ދީފައިވާ މައުލޫމާތާ އެއްގޮތަށް  ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރ (IUL)420-AS/420/2025/42 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ.


      ގދ ރަތަފަންދޫ ކުޑަކުދިންގެ ޕާކް އަލަށްގެނެވުނު ސާމާން ހަރަކުރުމުގެ މަސައްކަތް ދީފައިވާ މައުލޫމާތާ އެއްގޮތަށް  ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

ގދ.ރަތަފަންދޫ  ކުޑަކުދިންގެ ޕާކް އަލަށްގެނެވުނުސާމަންތަކުގެ ތަފްސީލް  މަޢުލޫމާތު ޝީޓްގައި ހިމަނާފައިވާނެއެވެ.

  ނަން ނޯޓް ކުރުން/

ރަޖިސްޓްރޭޝަން

   ·  ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންވާނެއެވެ. ބިޑުގައި ރެޖިސްޓްރީ ވެވޭނެ އެންމެ ފަހުގެ ތާރީޚަކީ 23 ޑިސެންބަރ 2025 ވާ އަންގާރަދުވަހުގެ މެންދުރު ފަހު 13:00 އެވެ. ބިޑުގައި ރަޖިސްޓަރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ. ކރީގެ އިޢުލާނާގުޅިގެން ބިޑްފޮތްތަށް ގަތް ފަރާތަކުން އަލުން ބިޑްފޮތް ގަންނާކަށް ނުޖެހޭނެއެވެ.  

   ·  ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ -/250 (ދުއިސައްތަފަންސާސް) ރުފިޔާއަށެވެ.

   ·  ރެޖިސްޓްރޭޝަން ފީ ޖަމާކުރަންވާނީ މި އިދާރާގެ އަންނަނިވި އެކައުންޓަށެވެ. ފީޖަމާކުރުމަށްފަހު ޓްރާންސްފަރ ރިސިޕްޓް ފޮނުވާ ފަރާތްތަކަށް ބީލަންފޮތް ފޯރުކޮށްދެވޭނެއެވެ.

 

      ބޭންކް:                     ބޭންކް އޮފް މޯލްޑިވްސް

      ބޭންކް އެކައުންޓްގެ ނަން:          1471 ރެވެނިއު 1

      އެކައުންޓް ނަންބަރ:             001 700301 7710

      ސްލިޕް ވައިބަރ ކުރައްވާނެ ނަންބަރު:  7633734، 7430889 

 

  ޕްރީބިޑް މީޓިންގ /

މަޢުލޫމާތު

ސާފުކުރުން

  • މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 24 ޑިސެންބަރ 2025 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ގދ. ރަތަފަންދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
  • މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު) އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.

  ބިޑް (އަންދާސީ

ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 29 ޑިސެންބަރ 2025 ވާ ހޯމަ ދުވަހުގެ 10:00 ގައި ގދ.ރަތަފަންދޫ ކައުންސިލް އިދާރާގެ ލޮބީގައިއެވެ.
  • ބިޑް /ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ކޮންމެ އައިޓަމަކަށް ވަކިވަކިން އަގު ހުށަހަޅަންވާނެއެވެ. މި ފޯމް ބީލަން ފޮތާއިއެކު ލިބިވަޑައިގަންނަވާނެއެވެ.
  • ބިޑުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑް ހުށަހަޅަން ވަޑައިގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

  އިތުރު މަޢުލޫމާތު

  • އެކަށީގެންވާ އަދަދަށް ބިޑް ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ގދ. ރަތަފަންދޫ  ކައުންސިލަށް ލިބިގެން ވެއެވެ.
  • ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
  • ގދ. ރަތަފަންދޫ، ދިވެހިރާއްޖެ،
  • ފޯން:  6840016 ނުވަތަ 6841625  (ރަސްމީ ގަޑީގައި)
  • އީމެއިލް: [email protected]

 

               ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

17 ޑިސެންބަރު 2025
ހޯދާ